ENGLISH

03 ޖުލައި 2026

Advertisement

އެއިޓީން ތާޓީ ކްލަސިކް: ޗެމްޕިއަން ޕްރިޒަން އާއި އެސްޓީއޯއަށް ރަނގަޅު ފެށުމެއް

02 ޖުލައި 2026

|

އިސްމާއިލް ޝާހު

އެއިޓީން ތާޓީ ކްލަސިކުގައި ޕްރިޒަން އާއި ހެލްތު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ ދެވަަނަ ފަންތީގެ މުބާރާތް، އެއިޓީން ތާޓީ ކްލަސިކް 2026 ގެ ފެށުން އެންމެ ފަހުގެ ޗެމްޕިއަން ޕްރިޒަން ކުލަބާއި، އެސްޓީއޯ ރެކްރިއޭޝަން ކުލަބުން ރަނގަޅުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 9 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ހަތަރު ޓީމެވެ.

އެއިޓީން ތާޓީ ކްލަސިކުގެ ކުޅުން މިރޭ ފެށިއިރު، އެންމެ ފުރަތަމަ ކުޅެފައިވަނީ ގްރޫޕް އޭގެ ދެ މެޗެވެ. އެގޮތުން ފުރަތަމަ މެޗުން ޕްރިޒަން މޮޅުވީ ހެލްތު ރެކްރިއޭޝަން ކުލަބު އަތުން 14-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ޕްރިޒަންގެ ފާތިމަތު އިނާޝާ އާދަމް ފަސް ލަނޑު ޖެހިއިރު، ކެޕްޓަން އާމިނަތު ފަޒްލާ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. ދެން އެ ޓީމުގެ އަނެއް ލަނޑުތައް އައިޝަތު ނައިހާ، ހައިކާ ހުސައިން، އައިޝަތު ވިސާމާ އަދި އައިޝަތު ހާޝިމާ ޖަހައިދިންއިރު، ހެލްތުގެ ކުޅުންތެރިއެއްގެ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.

އެއިޓީން ތާޓީ ކްލަސިކުގައި އެސްޓީއޯ އާއި ހުޅުމާލެ ހޮސްޕިޓަލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ގްރޫޕުގެ އަނެއް މެޗުގައި މިރޭ އެސްޓީއޯއިން ވަނީ 4-0 ގެ ނަތީޖާއަކުން ހުޅުމާލެ ހޮސްޕިޓަލް ބަލިކޮށްފައެވެ. މި މެޗުގައި އެސްޓީއޯގެ ލަނޑުތައް ޖަހައިދިނީ މަލްދާ ނަސީމް، ސުމައްޔާ ބިންތި އަބްދުލް ހަމީދު، ޝައީމާ ސާލިމް އަޙްމަދު އަދި އާމިނަތު ޝަފްނާއެވެ.

މި މުބާރާތުގެ އިތުރު ދެ މެޗެއް މާދަމާރޭ ކުޅޭނެއެވެ.

  • ސްޓެލްކޯ އާރްސީ - ޓީމު އެމްއޭސީއެލް (22:30)
  • ޔުނައިޓެޑް ބީއެމްއެލް - ކުލަބު އެޗްޑީސީ (22:30)
ކިޔުންތެރިންގެ ހިޔާލު