ENGLISH

30 ޖޫން 2026

Advertisement

މީހަކު ބަންދުކޮށް އިނގިއްޔެއް ބުރިކޮށްލުން: ތިން މީހަކު ކުށްވެރިވެ ޖަލަށް

29 ޖޫން 2026

|

އަޙުމަދު ޙަމީދު

ކްރިމިނަލް ކޯޓް --

މީހެއްގެ ކުޑަވައި އިނގިލި ބުރިކޮށްލި މައްސަލައެއްގައި ދައުވާ އުފުލި ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޖޫން 23، 2024 ގައި ބަޔަކު ވަނީ މީހަކު ބަންދުކޮށް އޭނާގެ ކުޑަވައި އިނގިލި ބުރުކޮށްލާފަ އެވެ. ކުޑަވައި އިނގިލި ބުރިކޮށްލީ ކަޓަރަކުންނެވެ. މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ލ. ގަން ތުޑީ، ލިންކު އަހްމަދު ޒަޔާން އާއި ތ. ތިމަރަފުށީ، އުތުރުގެއާގެ މުޙައްމަދު ނައުޝާން ހުސައިން އާއި ރ. ކަނދޮޅުދޫ، މެހުރާ އަލީ ސާމީ އާއި ކ. ކާށިދޫ, ފުލްމޫން މުޙައްމަދު ނަފާޙް އާއި ގދ. ގައްދޫ، ހުދުވެލި އަހްމަދު ސާއިފް ވަހީދުގެ މައްޗަށެވެ.

ދައުލަތުން ބުނީ މއ. ބަގުފަޑިއްގެ އުތުރުބައިގެ ހަތްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައި މީހަކު ބަންދުކޮށް އެ މީހާއާ މާރާމާރީ ހިންގާ އަނިޔާކޮށް އެ މީހާ ގޮނޑިއެއްގައި ބަނުމަށް ފަހު ކަޓަރަކުން އެ މީހާގެ ވައަތުގެ ކުޑަވައި އިނގިލި ބުރިކޮށްލާފައިވާ ކަމަށެވެ.

މި މައްސަލަ ބެލުމަށް ފަހު ތިން މީހަކު ކުށްވެރިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެއީ ސާއިފް ވަހީދާއި ނައުޝާން ހުސައިން އާއި އަލީ ސާމީ އެވެ.

ކްރިމިނަލް ކޯޓުން ވަނީ ސާއިފް ވަހީދު 15 އަހަރަށް ޖަލަށް ލުމަށާއި ނައުޝާދު އާއި އަލީ ސާމީ 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. ޒަޔާންގެ މައްޗަށް އިއްވީ ތިން މަހުގެ ހުކުމެކެވެ.

ކޯޓުން ވަނީ އަލީ ސާމީގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު