ENGLISH

29 ޖޫން 2026

Advertisement

މާފަރު ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

29 ޖޫން 2026

|

އާމިނަތު ނުޒްލާ

މާފާރު ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ނ. މާފަރުގައި ތަރައްޤީކުރަމުން އަންނަ ފުލުހުންގެ ޕޯސްޓްގެ 64 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ، ވަށާ ފާރުގައި ސިމިންތި ޖެހުމާއި، އިމާރާތުގެ ސީލިންގެ ގެ މަސައްކަތްތައް ކަމަށެވެ.

މާފާރު ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާ ކުރެއްވުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

މާފަރު ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިދިޔަ އަހަރުގެ ޖުލައި މަހު ކުރެއްވި ޒިޔާރަތުގައި މާފަރަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު