ENGLISH

29 ޖޫން 2026

Advertisement

އެމްއެންޑީއެފް އިން 13 ސަރަހައްދެއްގައި ތަމްރީނުތައް ކުރިއަށް ގެންދަނީ

29 ޖޫން 2026

|

އާމިނަތު ނުޒްލާ

ޕާކިސްތާނުގައި ބޭއްވި ތަމްރީނުތަކެއްގައި ދިވެހި ސިފައިން ހަރަކާތްތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް

ދިވެހިރާއްޖޭގެ 13 ސަރަޙައްދެއްގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ކުރިއަށް އޮތް ތިން ދުވަހު މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި ތަމްރީނުތަކުގައި ސިފައިން ހަރަކާތްތެރިވާނީ ހަތިޔާރާއި އެކު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. އެގޮތުން މިހަރަކާތްތައް ކުރިއަށްދާއިރު އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުން ނުވާނެގޮތަކަށް ކުރިއަށް ގެންދިއުމަށް ބްލޭންކްސް އަދި ޕައިރޯޓެކްނިކްސް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ތަމްރީނުތައް ކުރިއަށްދާ ސަރަޙައްދުތައް:

• ބަރެސްދޫ

• ފޮނަދޫ

• ކައްދޫ

• މާންދޫ

• ގަން (މުކުރިމަގު، މަތިމަރަދޫ، ތުނޑި)

• މުންޑޫ

• މާބައިދޫ

• ބޮކެފުށި

• ކަޅައިދޫ

• އުވަދެވިފުށި

• މަހާކަންފުށި

• ގަސްފިނޮޅު

• ބޮޑުފިނޮޅު

އަހަރުގެ އެކި ދުވަސްވަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެމްއެންޑީއެފްގެ އެކި ކަހަލަ ތަމްރީނުތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި އެއްގަމާއި ކަނޑުގެ ތަމްރީނުތައް ހިމެނެއެވެ.

ދިވެހި ސިފައިންގެ ލަޝްކަރު ވަރުގަދަކުރުމުގެ ގޮތުން ދޭތެރެ ދޭތެރެއިން މާލެއާއި އަތޮޅުތަކުގެ އެކި ސަރަޙައްދުގައި މިފަދަ ތަމްރީންތައް ކުރިއަށް ގެންދާއިރު، ރާއްޖޭން ބޭރަށް ސިފައިން ފޮނުވައިގެންވެސް ތަފާތު އެކި ތަމްރީނު ޕްރޮގްރާމްތައް އަންނަނީ ފުރިހަމަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު