ENGLISH
30 ޖޫން 2026
އެމްއެމްއޭ ސްކޮލާޝިޕަށް ކުރިމަތިލާން ބާކީ ދެ ދުވަސް
28 ޖޫން 2026
|
އެމްއެމްއޭގެ ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑި މި މަހުގެ ނިޔަލަށް ހަމަވާނެ.
އެންމެ މަޤްބޫލު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާން ދެ ދުވަހަށް ވެއްޖެއެވެ.
އެމްއެމްއޭގެ މި ސްކޮލާޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން މެލޭޝިޔާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދިވެހިންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މިއަހަރުގެ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
* އެކައުންޓިންގ ދާއިރާއިން ފުރަތަމަ ޑިގްރީ (އޮނަރސް).
* ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ (އެކި ދާއިރާތަކުން).
* އިޤްތިޞާދީ ދާއިރާއިން މާސްޓަރސް ޑިގްރީ.
* އިސްލާމިކް ފައިނޭންސް އަދި އެއާ ގުޅުންހުރި ދާއިރާތަކުން ޕީ.އެޗް.ޑީ.
އެމްއެމްއޭއިން ބުނީ މި ސްކޮލާޝިޕްތަކަށް މީހުން ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރަށާއި ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ މިންވަރަށްކަމަށެވެ. އަދި ސްކޮލާޝިޕް ކަށަވަރުވާނީ ކަނޑައެޅިފައިވާ ޔުނިވަރސިޓީތަކުން އެޑްމިޝަން ލިބުމުންކަމަށް ބުންޏެވެ.
މި ފުރުޞަތަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.