ENGLISH
04 ޖުލައި 2025
ވެރިކަމުގައި މިހާރު ހުންނެވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރި ކުރައްވާނެ ބޭފުޅެއް: އަޒާން
26 ޑިސެމްބަރު 2024
|
މެމްބަރު އަހުމަދު އަޒާން އެމްއެމް ޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމުގައި
ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުޢިއްޒަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރި ކުރައްވާނެ ރައީސެއް ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެއެވެ.
ވެރިކަމަށް ރައީސުލްޖުމްރިއްޔާ ޑރ. މުއްމަދު މުޢިއްޒު ވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވެ ޤާނޫނު އަސާސީއަށް ގެންނަވާފައިވާ ބޮޑެތި ބަދަލުތަކަކީ މިކަމުގެ ހެއްކެއް ކަމަށާއި މިބަދަލުތަކަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބަދަލުތަކެއް ކަމަށް އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަމަވަމުން މެމްބަރު އަޒާންް ވިދާޅުވިއެވެ. އަދި މި ގެނެވުނު ބަދަލުތަކާއެކު ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ ފުރިހަމަ ރުހުން ލިބިގެން ކަމަށް މެމްބަރު އަޒާން ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ ސަރަހައްދުން ބައެއް އެއްވެސް ޙާލަތެއްގައި ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން އަދި ސީދާ ރައްޔިތުންގެ ރުހުން ވެސް އޮވެގެން ކަމަށް އަޅުގަނޑުމެން މި ބަދަލުކުރީ. މީގެ ކުރިން ޤާނޫނު އަސާސީއަކު އެއްގޮތަކަށްވެސް އެބައި އެގޮތަށް ހިމެނިފައެއް ނުވޭ. އޭރަކު ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އެކަން ކުރެއްވޭނެ ކަހަލަ ގޮތަކަށް އޮންނަނީ. އެހެންކަމުން ތިޔަބޭފުޅުންނަށް ވެސް ފެނިވަޑައިގަންނަވާނެ މިދިޔަ ދައުރުގައި ޗާގޯސް މައްސަލައިގައި ދިވެހިރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކުރެވިގެން، ގެއްލިގެންދާ ކަހަލަ ގޮތަކަށް އޭރުގެ ސަރުކާރުން ކަންތައްތަކެއް ނިންމެވީ." - މެމްބަރު އަޒާން
މީގެ އިތުރުން، މި ބަދަލާއެކު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ގޮންޖަހާ އެމްޑީޕީ ފަދަ ޕާޓީއަކުން ވެރިކަމާ ހަވާލުވި ނަމަވެސް ދެން ރާއްޖޭގެ ސަރަޙައްދުން ބައެއް ގެއްލިގެން ނުދާނެ ކަމަށް މެމްބަރު އަޒާން ވިދާޅުވިއެވެ.