ENGLISH

27 ޖޫން 2026

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް

27 ޖޫން 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މ. މުލަކަށް ވަޑައިގަތުމުން އެރަށުން މަރުޙަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު މެންދުރު ފަހު މ. މުލަކަށް ވަޑައިގެންނެވުމުން އެރަށުން އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ވަޑައިގެންނެވީ، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ރަސްމީކޮށް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. 

އެކަމަނާ މުލަކަށް ވަޑައިގެންނެވުމުން، އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުޙަބާ ދެންނެވުމަށް ބަނދަރަށް ޒިޔާރަތްކޮށްފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މ. މުލަކަށް ވަޑައިގަތުން. އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުޙަބާ ކިޔަން ނުކުމެފަ. ފޮޓޯ: ރައީސް އޮފީސް

ދަތުރުފުޅުގައި އެކަމަނާ ވަނީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ރަސްމީކޮަށް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވެއެވެ. އަދި، މުލަކު ފިޓްސަން އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުއްވައިދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވާ ދަތުރުފުޅުގައި، ދައުލަތުގެ ވަޒީރުންނާއި، އެ ދާއިރާގެ މަޖިލިސް މެންބަރުވެސް ބައިވެރިވަޑައިގަންނަވައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު މުލަކަށް ވަޑައިގެންނެވިއިރު، ޖޫން މަހުގެ ހަތް ވަނަ ދުވަހު އެކަމަނާ ވަނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފ. ނިލަންދޫއަށްވެސް ވަޑައިގަންނަވާފައެވެ. އެ ދަތުރުފުޅުގައި ފ. ދަރަނބޫދޫއަށްވެސް އެކަމަނާ ވަޑައިގެންނެވިއެވެ. 

ކިޔުންތެރިންގެ ހިޔާލު