ENGLISH
27 ޖޫން 2026
ރަށްރަށުގެ އިގްތިސާދީ ތަރައްގީގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ކުދި ވިޔަފާރިތައް: އެމްޑީ ޒިޔާއު
27 ޖޫން 2026
|
ބިޒްނަސް ސެންޓާ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޟިޔާއު މުޙައްމަދު
އެންމެ މަޤްބޫލު
ރާއްޖޭގެ ރަށްރަށުގެ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމުގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ބީސީސީގެ އެމްޑީ، ޒިޔާއު ވިދާޅުވެފައިވަނީ، ކުދި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި ކުރިއެރުމަކީ ރަށުފެންވަރުގައި، ރަށްތައް ތަރައްޤީވެ ކުރިއެރުމުގެ ސަބަބު ކަމަށެވެ. އަދި ކުދި ވިޔަފާރިތައް ކުރިއަރައިގެން ދިއުމަކީ ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ، މުޖުތަމައުތަކަށް ދިރުން އަންނާނެ ކަމެއް ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.
ކުދި ވިޔަފާރިތަކަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި މޫ ކަން ފާހަގަ ކުރައްވާ ޒިޔާއު ވިދާޅުވީ ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއި، އައު އީޖާދުތައް އުފެއްދުމަށް މަގުފަހި ކުރުމާއި، ރާއްޖޭގައި ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީއެއް ޤާއިމުކުރުމުގައި ކުދި ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރު ބަލައިގަންނަ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގައި ކުދި ވިޔަފާރިތަކުން ކުރަމުންދާ ބުރަ މަސައްކަތަށާއި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި ޒިޔާއު ވަނީ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެދީ ބާރުވެރި ކުރުވައި އިތުރު ފުރުޞަޠުތައް ފަހިކޮށް ދިނުމުގައި ބީސީސީން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެގުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އެސްއެމްއީ ޑިޖިޓަލް އިން މުޅި ރާއްޖޭގައި ގިނަ ހަރަކާތްތަކެއް މިހާރު ފަށާފައިވެއެވެ.