ENGLISH

05 ޖުލައި 2025

Advertisement

ސުނާމީ ކާރިސާގެ ހަނދާނުގައި ޚާއްޞަ ސުކޫތެއް ގެންނަނީ

25 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

ސުނާމީ ކާރިސާގެ ހަނދާނުގައި ބޭއްވި ހަމަހިމޭން ކަމުގެ ސުކޫތުގެ ތެރެއިން

ރާއްޖެއަށް ސުނާމީ ކާރިސާ ކުރިމަތިވިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާދަމާ ހެނދުނު 9:23 ގައި މުޅި ރާއްޖޭގައި ހަމަހިމޭންކަމުގެ ސުކޫތެއް ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ސުކޫތަކީ ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި ބާއްވާ ސުކޫތެއްކަމަށް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން ސަރުކާރުގެ އެހެނިހެން ވުޒާރާތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވެއެވެ. މި ސާކިއުލާއާ ގުޅިގެން ހުރިހާ ވުޒާރާއަކުން ވެސް ވަނީ އެތަނެއްގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުންނަށް މި ސުކޫތުގައި ބައިވެރިވުމަށް އެދިފައެވެ.

މިކާރިސާގައި 82 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު 24 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ދުއް އެންމެ ކަޅު އަނދިރި ހާދިސާއެވެ. މި ބިރުވެރި ހާދިސާއަށް ކިތަންމެ ގިނަ ދުވަހެއް ވީ ނަމަވެސް ދިވެހިންގެ ހިތުން އެ ބިރުވެރި ދުވަސް ފިލައިގެނެއް ނުދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު