ENGLISH
18 އޭޕްރީލު 2025
ލަވިއާ އަށް ފުލަމްއާ ދެކޮޅަށް ނުކުޅެވޭނެ: މަރެސްކާ
25 ޑިސެމްބަރު 2024
|
މީގެކުރީން ބޭއްވި ޗެލްސީގެ ފަރިތަކުރުންތަކުގެ ތެރެއިން މަރެސްކާ (ވ) އާއި ލަވިއާ. --ފޮޓޯ: ޗެލްސީ
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަށް ދެން ކުޅެން ޖެހޭ މެޗުގައި ރޮމިއޯ ލަވިއާ އަށް ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު، އެންޒޯ މަރެސްކާ ބުނެފިއެވެ.
ޗެލްސީގެ ކޯޗު، މަރެސްކާ މިހެން ބުނީ، ލީގުގައި އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ޗެލްސީ ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ފަހަރުގެ އިނގިރޭސި ލީގުގައި މޮޅު ކުޅުމެއް ދައްކަމުންއަންނަ ޗެލްސީ އާ އެކު ލަވީއާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
އަނިޔާގެ ސަބަބުން، އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗު ލަވިއާ އަށް ވަނީ ގެއްލިފައެވެ. އެ މުއްދަތުގައި ޗެލްސީ ކުޅުނު މެޗުތަކުގައި އެ ޓީމުގެ ކެޕްޓަން، އެންޒޯ ފެނާންޑޭޒް އަންނަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން މޮޅު ކުޅުމެއް ދައްކަމުންނެވެ.
ލަވިއާގެ އަނިޔާއާ ގުޅޭގޮތުން، މަރެސްކާ ބުނީ، ފުލަމްއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗަށް އޭނާ ފިޓްނުވާނެ ކަމަށެވެ.
"އޭނާ އަދިވެސް އުޅެނީ ރިކަވަރީގައި،" މަރެސްކާ ބުންޏެވެ.
މަރެސްކާ ބުނީ، އޭނާގެ އެނބުރިއައުން ވަރަށް ގާތުގައިވާ ކަމަށެވެ. އެކަމަކު، ކުރިއަށް އޮތް ފުލަމް މެޗަށް ފިޓްވާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތް ކަމަށެވެ.
ލީގު ރޭހުގައި އެންމެ ކުރީގައި އުޅޭ ލިވަޕޫލާއި ޗެލްސީއާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ތަފާތެކެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ 16 މެޗުން 39 ޕޮއިންޓާއެކު އެވެ. ޗެލްސީ ދެވަނައިގައި އޮތީ 17 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 17 މެޗުން 33 ޕޮއިންޓެވެ.