ENGLISH

24 ޖޫން 2026

Advertisement

ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް އެޅުމަށް އަންނަ ހަފްތާގައި ސޮއިކުރަނީ

24 ޖޫން 2026

|

އައިމިނަތު ޝަފާ

ކަނޑުއޮތްގިރީގައި ބޮޑުކަންނެލި ގަންނަނީ. ފޮޓޯ؛ މިފްކޯ

ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް އެޅުމަށް އަންނަ ހަފްތާގައި ސޮއިކުރާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ބޮޑުކަންނެލީގެ މަސްވެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ގާއިމުކުރަނީ 100 ޓަނުގެ ފެކްޓްރީއެކެވެ. 

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މި މަސައްކަތަށް ހުޅުމާލެއިން 25،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާކަމަށެވެ. 

" ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް އެޅުމަށް ތައްޔާރުވަމުން އެ ދަނީ، މެއި މަހު ވާނީ އިކޮނޮމިކް ކައުންސިލުން ނިންމާފައި އެތަން އެޅުމަށް ބަޔަކާ ހަވާލުކުރުމަށް،އެ އެގްރީމެންޓުގައި އަންނަ ހަފްތާގައި ސޮއިކުރެވިގެންދާނެ،." ވަޒީރު ވިދާޅުވިއެވެ. 

ބޮޑު ކަންނެލި މަސްވެރިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕެކިން ފެސިލިޓީއެއްގެ ހިދުމަތް ނުލިބުން ކަމަށްވާއި ހުޅުމާލޭގައި ގާއިމުކުރާ ފެސިލިޓީއާއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ދެކެއެވެ. 

ބޮޮޑުކަންނެއްޔަށް ރަނގަޅު އަގެއް ހޯދައިދޭނީ ސަރުކާރުގެ މަސް ކުންފުނި-- މިފްކޯގެ އިތުރުން މަސްވެރިންގެ ބައިވެރިވުމާއެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިފަހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި މަސްވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު އައި އިރު މިފްކޯ އިން ބޮޑުކަންނެލި ގަތުން ހުއްޓާލާފައިވާކަމަށާއި މިހާރު މަސައްކަތް ކުރަމުންދަނީ މިފްކޯ އަނބުރައި މި ވިޔަފާރިގެ ތެރެއަށް ގެނައުމަށްކަމަށެވެ. 

ބޮޑުކަންނެލި ވިޔަފާރީގެ ތެރެގައި މިފްކޯ ހަރަކާތްތެރިވެގެން ބޮޑުކަންނެއްޔަށް ކުރިން ލިބުނު އަގު ހޯދިދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކަނޑުއޮތްގިރީގައި މިފްކޯއިން ކުރިއަށްގެންދިޔަ ބޮޑުކަންނެލި އެކްސްޕޯޓުކުރުމުގެ މަސައްކަތްތައް އެއްކޮށް ހުއްޓާލާފައިވަނިކޮށް މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން އަލުން މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށީ މި އަހަރުގެ ޖަނަވަރީމަހުގެ ތެރެގައެވެ. 

މިފްކޯއިން ބޮޑު ކަންނެލި ކިލޯއެއް ގަންނަ އެންމެ މަތީ އަގަކީ 25 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު