ENGLISH
24 ޖޫން 2026
ހުޅުމާލެ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
24 ޖޫން 2026
|
ހުޅުމާލެ ޖަލު. ފޮޓޯ؛ ޖަވިޔަނި.
އެންމެ މަޤްބޫލު
ހުޅުމާލެ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ފަށައިފިއެވެ.
ކަރެކްޝަނުން ބުނީ ފުލުހުންނާ ގުޅިގެން ހުޅުމާލެ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަނާ ގުޅޭ ތަފްސީލެއް ދީފައެއް ނުވެއެވެ.
ހޯމަ ދުވަހު ކަރެކްޝަނުން ވަނީ ފުލުހުންނާއި ގުޅިގެން މާފުށީ ޖަލުގައި ވެސް އޮޕަރޭޝަނެއް ހިންގާފައެވެ.
ޖަލަށް މަނާ ތަކެތި ވެއްދުމާއި، ސްކޭމް ކުރުމާއި، ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވިގެން މީގެ ކުރިންވެސް މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްގެންގޮސްފައިވެއެވެެ.
ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމާއި ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭން ކުރެވޭ ސްކޭނަރެއް ބަހައްޓައި ހިދުމަތްތައް ފަށާފައިވެއެވެ.