ENGLISH

19 ޖޫން 2026

Advertisement

އުޅަނދަކުން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ

19 ޖޫން 2026

|

އަޙުމަދު ޙަމީދު

ކޯސްޓްގާޑުގެ އުޅަނދެއް --

ކ.ގުޅި އާއި ފުށިދިއްގަރުފަޅު ކަނޑުއޮޅިތެރެއިން އުޅަނދެއްގެ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފި އެވެ.

އެމްއެެންޑީއެފުން ބުނީ މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ މި ސަރަހައްދުން އިރުމައްޗަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ވީމާ، މި ސަރަހައްދުން ދަތުރުކުރާވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ. އަދި، މި ސަރަހައްދުން ރޭގަނޑު ދަތުރުކުރާ ނަމަ، މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު