ENGLISH
18 ޖޫން 2026
"ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސީރީޒް" ގެ ނަމުގައި ފުލުހުންނަށް ތަމްރީނު ޕްރޮގްރާމެއް ފަށައިފި
18 ޖޫން 2026
|
ތަމްރީނު ޕްރޮގްރާމުގައި ފުލުހުން- ފޮޓޯ: ޕޮލިސް އެމްވީ
އެންމެ މަޤްބޫލު
ދިވެހި ފުލުހުންނަށް ހާއްސަ "ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސީރީޒް" ތަމްރީނު ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ މިޑުލް މެނޭޖްމަންޓުގައި މަސައްކަތްކުރާ އޮފިސަރުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން، މި ޕްރޮގްރާމުގައި އޮފިސަރުންގެ ލީޑަރޝިޕް ހުނަރާއި، އިދާރީ ހިންގުމާއި، ކަންކަމުގައި ނިންމުންތައް ނިންމުމުގެ ގާބިލުކަން ތަރައްގީކުރުމާއި ނަފުސާނީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ.
މި ސެޝަންތައް ކުރިއަށްދާނީ، މަހަކު އެއްފަހަރު ނުވަތަ ދެފަހަރުއެވެ.
މި ތަމްރީނު ޕްރޮގްރާމްތަކުގައި ސްޓްރެޓީޖިކް ލީޑަރޝިޕް، އަހުލާގީ މިންގަނޑުތައް އަދި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން އެކި މާހިރުން ބައިވެރިވެ ފުލުހުންނަށް ތަމްރީނުދޭނެއެވެ.