ENGLISH
18 ޖޫން 2026
މިފްކޯއިން މަސްކިރުވި ދޯނިތަކަށް މިއަދު ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
18 ޖޫން 2026
|
ދިވެހި މަސްވެރިން މަސްބާނަނީ-
އެންމެ މަޤްބޫލު
ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މަސްކިރުވި ދޯނިތަކަށް 6 ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދު ދޫކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު 20 އުޅަނދަކަށް 619،600 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި ފައިސާއަކީ އެ ކުންފުންޏަށް، މި މަހުގެ 14 ވަނަ ދުވަހު ކިރުވި މަހަށްވާ ފައިސާއެވެ.
މިފްކޯއިން ބުނީ 16 ވަނަ ދުވަހު ކަޅުބިލަމަސް ކިރުވި 15 ދޯންޏަކަށް 569،940 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.
ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 05 ދޯންޏަކަށް 11،760 ރުފިޔާ ޖަމާކޮށްފައިވެއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 09 ދޯންޏަކަށް ޖަމާކޮށްފައިވަނީ 37،900 ރުފިޔާއެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އެގޮތުން، ވައުދާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.