ENGLISH
18 ޖޫން 2026
ކަނޑުމަގުން ރާއްޖެ އެތެރެކުރި 5،600 ކާޓްރިޖް ކަސްޓަމްސް އިން އަތުލައިގެންފި
18 ޖޫން 2026
|
ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު ވޭޕް ކާޓްރިޖު ތަކެއް-
އެންމެ މަޤްބޫލު
ކަސްޓަމްސް އިން ހިންގި އޮޕްރޭޝަނެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 5،600 ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން އެ ތަކެތި އަތުލައިގަތީ، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަސް ބެލެވިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ކަސްޓަމްސް އިން ބުނީ މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަރ ކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އޭގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.
އެގޮތުން، ޖުމްލް 5،600 ވޭޕް ކާޓްރިޖު ހޯދައި މިހާރު އެތަކެތި ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކަސްޓަމްސް އިން ބުނީ މިހާރު އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ.
ކަސްޓަމްސް އިން ހިންގި މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖު އަތުލައިގެންފައިވާ އިރު، މީގެ ކުރިން މި ހަފްތާގެ ތެރޭގައި ވެސް 1,108 ވޭޕް ކުރާ ސާމާނު އަތުލައިގެންފައިވެއެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފައެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފައެވެ.