ENGLISH
15 ޖޫން 2026
ނިމުނު ހަފްތާ ކުއްލި ނުރައްކާތަކުގެ 16 ހާދިސާއެއް ރިޕޯޓްކުރި: އެމްއެންޑީއެފް
15 ޖޫން 2026
|
އަލިފާނުގެ ހާދިސާ ނިންވުމުގައި އެމްއެންޑިއެފްގެ ފަޔަރ ފައިޓާރސް ހަރަކާތްތެރިވަނީ--ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
ނިމުނު ހަފްތާގައި ކުއްލި ނުރައްކާތަކުގެ 16 ހާދިސާއެއް ހިގާފައިވާކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އެމްއެންޑީއެފް އިން ހިއްސާކޮށްފައިވާ ޕޯސްޓުގައިވަނީ، މިމަހުގެ 7 އިން 13އަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާ ހާދިސާތަކުގެ ތެރެއިން 16 ހާދިސާއަކަށް ފަޔަރ އެންޑް ރެސްކިއު ސަރވިސް، އެފްއާރްއެސްއިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ މިދިޔަ ހަފުތާގައި މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
އެފްއާރްއެސް ތަފާސްހިސާބު:
އެމްއެންޑީއެފް އިން ބުނީ، މި ހަފްތާގައި އަލިފާނުގެ ނުރައްކަލުގެ އެލާމްގެ އެއްވެސް ހާދިސާއެއް ހިނގާފައި ނުވާ ކަމަށެވެ. އަދި ސަރަހައްދީ ކޮމާންޑްތަކަށް ބަލާއިރު އެންމެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވަނީ މާލެ އޭރިއާ ކޮމާންޑުން ކަމަށްވެސް ބުނެފައިވެއެވެ.
ނޮދަން އޭރިއާ ކޮމާންޑުން އެއް ހާދިސާ އަދި ސަދަން އޭރިއާ ކޮމާންޑުން ދެ ހާދިސާ ރިޕޯޓުކޮށްފައިވާ ކަމަށާއި، އަދި ސެންޓްރަލް އޭރިއާ ކޮމާންޑުން މި މުއްދަތުގެ ތެރޭގައި އެއްވެސް ހާދިސާއެއް ރިޕޯޓުކޮށްފައެއް ނުވާކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން އަންނަނީ އަލިފާނުގެ ނުރައްކާތަކުންނާއި އެކި ބާވަތުގެ ކާރިސާތަކުން ދިވެހި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުމަށް 24 ގަޑިއިރު މެދުނުކެޑި މަސައްކަތް ކުރަމުންނެވެ.
ކުއްލި ހާލަތުގައި އެ ހިދުމަތުގެ ހޮޓްލައިން 118އަށް ގުޅުއްވައިގެން ޚިދުމަތް ހޯދެއްވުމަށް އެ ހިދުމަތުން އިލްތިމާސް ކޮށްފައިވެއެވެ.