ENGLISH
15 ޖޫން 2026
ފަސް ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަން ކުރަން މަޖިލީހަށް ހުށަހަޅައިފި
15 ޖޫން 2026
|
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން-- ފޮޓޯ: މަޖިލިސް އިދާރާ
އެންމެ މަޤްބޫލު
ދިވެހިރާއްޖެއިން ފަސް ގައުމަކަށް، ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅައިފިއެވެ.
ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިއަދުވަނީ ހުށަހަޅާފައެވެ.
އެގޮތުން އިންޑޮނީޝިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަން ކުރަން ހުށަހެޅީ، މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އަހުމަދުގެ ނަމެވެ.
މޮރިޓޭނިއާ އަދި ކެންޔާގެ ނޮން-ރެސިޑެންޓް ސަފީރަކަށް އަމީން ޖާވިދު ފައިސަލްގެ ނަން ހުށަހެޅިއިރު ޗެކް ރިޕަބްލިކަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް ހުށަހެޅީ އާމިނަތު އަބްދުﷲދީދީގެ ނަމެވެ.
މީގެ އިތުރުން ސައުތު އެފްރިކާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ހުށަހެޅީ ޑރ. ހާލާ ހަމީދުގެ ނަމެވެ.
މިއަދުގެ ޖަލްސާގައި ވަނީ މި ބޭފުޅުންގެ ނަންތައް ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.