ENGLISH

14 ޖޫން 2026

Advertisement

ރައީސްގެ ދެކަނބަލުން ދ. މީދޫއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް

14 ޖޫން 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދ. މީދޫއަށް ވަަޑައިގެންނެވުމުން އެރަށުން މަރުޙަބާ ދެންނެވުން. ފޮޓޯ: ރައީސް އޮފީސް

ދ. މީދޫ ކައުންސިލް ރައީސް ހޮވުމުގެ އިންތިޚާބުގެ އިތުރުބުރުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހަވީރު މީދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. 

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިޚާބުގައި ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމްއާއި  އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދުއެވެ. 

އިންތިޚާބު ސުހާ ކާމިޔާބުކުރެއްވީ 529 ވޯޓާ އެކު އެވެ. ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓެވެ. މި ނަތީޖާއާ އެކު މީދޫ ކައުންސިލްގެ ތިން ގޮނޑި ވެސް ވަނީ ޕީއެންސީއަށް ލިބިފައެވެ. 

ސުހާ މަގާމަށް ހޮވިވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވަނީ މަރުޙަބާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. 

މީދޫގެ ކާމިޔާބީ ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހަވީރު އެރަށަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވުމަށް އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރަށް ނުކުމެފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި، ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ދަތުރުފުޅުގައި މިރޭ ދ. މީދޫގައި ހާއްސަ ޙަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު