ENGLISH

04 ޖުލައި 2025

Advertisement

އެޗްޑީސީން ގެއްލުނު ލެޕްޓޮޕްތައް ފުލުހުން ހޯދައިފި

24 ޑިސެމްބަރު 2024

|

ހަސަން އާމިރު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުން ގެއްލުނު ފަސް ލެޕްޓޮޕް ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފަރުކޮޅުފުށީގައި ހުންނަ އެޗްޑީސީގެ ޕްރޮޖެޓްސް އޮފީހުން ލެޕްޓޮޕްތައް ގެއްލުމާ ގުޅިގެން ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމުން އެ މީހާގެ ފަރާތުން އެއްބާރުލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް ގެއްލުނު ލެޕްޓޮޕްތައް ފެނިފައިވީ ނަމަވެސް އިތުރު ތަފްސީލެއް އެޗްޑީސީން ނުދެ އެވެ.

އެޗްޑީސީގެ ލެޕްޓޮޕްތަކެއް ގެއްލިފައި މި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން ދޫކުރި ބިންތަކެއް ނުހައްގުން ބަޔަކަށް ދިން މައްސަލައެއް ފެންމަތިވެ ފުލުހުން ޖިނާޢީ ތަޙުޤީޤެއް ފަށާފައި ވަނިކޮށެވެ.  ޕްރޮސެކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފުގެ އަމުރަށް އޭސީސީން ވަނީ މި މައްސަލައިގެ ތަޙުޤީޤެއް ފަށައިފައެވެ.

އެޗްޑީސީގެ ޗެއާމަން ފިޔަވައި މެނޭޖިންގ ޑިރެކްޓަރާއި ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައި ވަނިކޮށް އެމްޑީ ފަޒުލް ރަޝީދު ވަނީ އިސްތިޢުފާ ދެއްވައިފަ އެވެ. އަދި އެޗްޑީސީގެ އެމްޑީގެ މަޤާމަށް މިހާރު ވަނީ ތަޖްރިބާކާރު ބޭފުޅެއް ކަމަށްވާ މަޢުރޫފް ޖަމީލް އައްޔަން ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު