ENGLISH

14 ޖޫން 2026

Advertisement

ތިނަދޫ ހޮސްޕިޓަލުގައި ރަހިމުގެ ކާމިޔާބު ސާޖަރީއެއް ފުރިހަމަކޮށްފި

14 ޖޫން 2026

|

އައިމިނަތު ޝަފާ

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭ.އެސް.އެމް.އެޗް) ގައި ފުރަތަމަ ފަހަރަށް، ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކަލް ސާޖަރީއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

އެހޮސްޕިޓަލުން ބުނީ، މިސާޖަރީގައި ވާތްފަރާތުގެ އޯވަރީގައި އުފެދިފައިވާ ސިސްޓެއް ނެގުމާއި، ފެލޯޕިއަން ޓިއުބުގެ ފައިބްރޯމާ ނެގުން ހިމެނޭކަމަށެވެ.

މިއީ ޑރ. ޢުބައިދު އަބްދުﷲ އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ ސާޖަރީއެކެވެ. އެ ޑޮކްޓަރުގެ އިތުރުން ތަޖުރިބާ ކާރު ޑޮކްޓަރުންގެ ޓީމަކުން މި ސާޖަރީގައި ވަނީ ބައިވެރިވެފައެވެ. އެގޮތުން މި ޓީމުގައި ހިމެނެނީ ޑރ. އާމިނަތު ނުޞްރާ، ޑރ. ޖުމައިލަތު ބޭގަމް،ޑރ. މުޙައްމަދު އަމީން މުޙައްމަދު ޙަމްޒާ،ޑރ. މަޙްމޫދު ސަޢީދު، އަޙްމަދު މުޙައްމަދު ސާދު އެވެ.

އޭ.އެސް.އެމް.އެޗް އިން ވަނީ ޑޮކްޓަރުންގެ ޓީމުން ދެއްކެވި ފަރުވާތެރިކަމާއި ކުރެއްވި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

އަދި މިއީ މި ހޮސްޕިޓަލުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކޮށް، އައު އުސްމިންތަކަކަށް ވާޞިލުވުމަށް ކުރެވޭ މަސައްކަތުގައި ހޯދުނު ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު