ENGLISH

14 ޖޫން 2026

Advertisement

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ

14 ޖޫން 2026

|

އާމިނަތު ނުޒްލާ

މަަސްވެރިކަމުގައި-- ފޮޓޯ: މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލާފައެވެ.  

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މާލެ ސިޓީއިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފޯމް ހުށަހަޅާ ތަރުތީބަށް ބަލައިގެންކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖޫން 17، 2026 ގެ 14:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ހުށަހެޅުމަށް ވުޒާރާއިން އެދިފައިވެއެވެ.

މި މުބާރާތުން އެއްވަނައަށްދާ ޓީމަކަށް 30،000 ރުފިޔާގެ އިނުމަށް ހަމަޖެހިފައިވާއިރު، ދެވަނައަށް 25،000 ރުފިޔާ އަދި ތިންވަނައަށް 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެންމެ ބަރު މަސް ބާނާ ފަރާތަކަށް 5000 ރުފިޔާގެ އިނާމެއް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ "ރީއިމޭޖިން: ބިޔޯންޑް ދަ ވޯލްޑް ވީ ނޯ، އޭ ނިއު ރިލޭޝަންޝިޕް ވިތް އަވާ އޯޝަން" އެވެ. މީގެ މާނައަކީ އަޅުގަނޑުމެންނަށް އެނގިފައިވާ ދުނިޔެއަށްވުރެ ބޮޑަށް، ކަނޑާ އެކު އޮންނަ ގުޅުން އާ ގޮތަކަށް ބައްޓަންކުރުމެވެ. ރާއްޖޭގެ ސަރަހައްދުގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދު ކަމަށްވާއިރު، ސަރުކާރުގެ އަމާޒަކީ ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމެވެ.

މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 3339225 ނުވަތަ 3339272 އާ ގުޅުއްވައިގެން ސާފުކުރެއްވޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ބާއްވައެވެ.

ކިޔުންތެރިންގެ ހިޔާލު