ENGLISH
14 ޖޫން 2026
ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން އިމާރާތުގެ ގަރާޖަށް ވަގަށް ވަދެހުރި މީހަކު ހައްޔަރުކޮށްފި
14 ޖޫން 2026
|
އެންމެ މަޤްބޫލު
ހުއްދަނެތި ފުލުހުންގެ ސްޓޭޝަނަކަށް ވަގަށް ވަދެހުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި، މައްސަލައިގައި ހައްޔަރުކުރީ ޏ. ފުވައްމުލައް، ދިގުވާނޑުގުރަހާގެ، އަޙްމަދު ފަޔާޟް އެވެ. ކޯޓުން އޭނާ ބަންދުކުރީ 15 ދުވަހަށެވެ.
އަމުރުގައިވާގޮތުން އުމުރުން 31 އަހަރުގެ ފަޔާޒް ފުލުހުންގެ ވެހިކަލް ގަރާޖަކަށް ހުއްދަނެތި ވަނީ ވަދެފައެވެ. އެއީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން އިމާރާތެވެ. އެހެންނަމަވެސް އޭނާ ވަނީ އެކަން ކޮށްފައިނުވާނެކަމަށް ބުނެފައެވެ.
ފުލުހުން ބުނެފައިވާގޮތުން ފަޔާޒް ކުރި އަމަލަށް ވަނީ ހެކި ލިބިފައެވެ. މިގޮތުން ސީސީޓީވީ ފުޓޭޖްތަކާއި، ސްނެޕް ޝޮޓްތައް ފުލުހުން ވަނީ ހުށަހަޅައިފައެވެ.
ފަޔާޒަކީ ކުށުގެ ރެކޯޑް އޮތް މީހެއްކަމަށް ފުލުހުން ބުނެފައިވެއެވެ.