ENGLISH

14 ޖޫން 2026

Advertisement

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައި ބޭނުންކުރަން ފަށައިފި

14 ޖޫން 2026

|

އައިމިނަތު ޝަފާ

މިނިސްޓަރު ސައީދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިދެއްވަނީ. ފޮޓޯ:އެސްޓީއޯ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަމްގިފިލާ ހުޅުވުމަށް ބުރާސްފަތިދުވަހު ހާއްސަ ހަފްލާއެއް ބާއްވާފައިވެއެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސަޢީދެވެ. 

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހާއްސަ ކުރެވިފައިވަނީ ހޯމް އިމްޕްރޫވްމަންޓް ސާމާނުގެ އިތުރުން ގޭތެރެ ރީތިކުރުމަށް ބޭނުންވާ ހޯމް ޑެކޯ އައިޓަމް ތަކަށެވެ. މީގެ އިތުރުން، ޕްރޮކިޔޯ ޕްލަސް އަދި ޕީކަބޫގެ އައުޓްލެޓަކާއި ރައިމްބޯ ހޯމް އިމްޕްރޫވްމަންޓްގެ ޑިސްޕްލޭ ޒޯނެއްވެސް މި ފަންގިފިލާގައި ހިމެނިފައިވެއެވެ. އަދި ދިވެހިންގެ މެދުގައި މަޝްހޫރު ކޮފީ ބީންސް އެންޑް ޓީ ލީވްސްގެ އައުޓްލެޓެއްވެސް ވަރަށް އަވަހަށް މި ފަންގިފިލާގައި ހުޅުވިގެންދާނެކަމަށް އެސްޓީއޯއިން ބުންޏެވެ. ހަމަ އެއާއި އެކު، އެސްޓީއޯއިން މިވަގުތު ވިއްކަމުން ގެންދާ ބްރޭންޑްތައް ކަމުގައިވާ ފިލިޕްސް، ރަސެލްހޮބްސް، އެލްޖީޓިވީ އަދި ޑައިސަންގެ ތަފާތު ގިނަ ޕްރޮޑަކްޓްތަކެއް މި ފަންގިފިލާގައި ލިބެން ހުންނާނެއެވެ.

މީގެ އިތުރުން، މި ފަންގިފިލާ ހުޅހުވިގެން ދިއުމާއިއެކު، ޗައިނާގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ސުންމީ ބްރޭންޑްގެ ޕްރޮޑަކްޓްތައް ވެސް ބާޒާރަށް ވަނީ ތަޢާރަފް ކޮށްފައެވެ. މި ފަންގިފިލާ ހާއްސަ ކުރެވިވައިވާނީ އާއިލާއާއި އެކު ވިޔަފާރި ކުރުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ފަސޭހަ ވާނެ ގޮތަށް، ތުއްތު ކުދިންނަށް ހާއްސަ ކިޑްސް ކޯނަރެއް ވެސް އެކުލެވޭ ގޮތަށެވެ. 

ކިޔުންތެރިންގެ ހިޔާލު