ENGLISH

14 ޖޫން 2026

Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ފަރާތުން ފުލެޓަށް ފޯމު ހުށަހަޅާއިރު ލިޔުން ހުށަހަޅަން ނުޖެހޭނެ

14 ޖޫން 2026

|

އައިމިނަތު ޝަފާ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް މިހާރު ވަނީ ހުޅުވާލާފައި. ފޮޓޯ؛ޗެނަލް ނިއުސް މޯލްޑިވްސް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެމީހުންގެ ބެލެނިވެރިންނަށް ފުލެޓަށް ކުރިމަތިލާއިރު އެކަން ސާބިތުކޮށްދޭ ލިޔުން ހުށަނާޅާ އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ ހާއްސަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ބަދަލުގައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން ހުށަނާޅާ އެޕްލިކޭޝަން މިހާރު ހުށަހެޅޭނެ ކަމަށެވެ.

މި ފުރުސަތުގެ ދަށުން ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނީ ފޯމް ފުރުމަށް ދަތިވާ މީހުންނަށާއި 18 އަހަރު ފުރިފައިނުވާ މީހުންގެ ބަދަލުގައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންނަށެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ހުސްވި މޭ މަހުގެ 20 ވަނަ ދުވަހުއެވެ.

ފްލެޓަށް އެދުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އާއިލީ ބޯހިޔާވަހަކިމުގެ ޕްރޮގްރާމް އެކުލަވާލެވިފައިވަނީ އަމިއްލަ އެއްވެސް ބޯހިޔާހަވިކަމެއް ނެތް އާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގައި އިސްކަން ލިބޭ ގޮތަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި މީހުން ތިބި އާއިލާތަކަށާއި، މުސްކުޅި މައިންބަފައިން ބަލާ އާއިލާތަކަށާއި ތިމާގެ ބެލުމުގެ ދަށުގައި ދަރިން ތިބި އާއިލާތަކަށް އިސްކަން ލިބޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު