ENGLISH

13 ޖޫން 2026

Advertisement

ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރުބުރުގެ ވޯޓުލުން ފަށައިފި

13 ޖޫން 2026

|

ޢަލީ ޝަހީމް

މީދޫ ކައުންސިލުގެ ރައީސްގެ މަގާމުގެ އިތުރުބުރުގެ ވޯޓުލުން ފެށުން. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުލުން ފަށައިފިއެވެ. 

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިތުރުބުރުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު ހަތަރަކާ ހަަމައަށެވެ. 

އިންތިޚާބުގައި ވާދަކުރައްވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހީމް އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދު އެވެ. 

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 1049 މީހަކަށް ލިބެ އެވެ. އެއީ 483 އަންހެނުންނާއި 566 ފިރިހެނުންނެވެ. 

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާއްމުކޮށްފައިވާ މަޢުލޫމާތުގައި މިއަދު 9 ޖެހުމާ ހަމައަށް ވޯޓުލީ 11.53 އިންސައްތަ މީހުންނެވެ. ވޯޓުނުލާ 88.47 މީހުން އެބަތިއްބެވެ. 

ހެނދުނު 9 ޖެހުމާ ހަމައަށް ޖުމްލަ ވޯޓުލީ 121 މީހުންނެވެ. ބާކީ 928 މީހުން ވޯޓުނުލާ ތިބިކަން އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައިވެ އެވެ. 

އިންތިޚާބުގައި ބަހައްޓަނީ ދެ ފޮއްޓެވެ. އެއީ މީދޫގައި އަދި މާލޭގައި ބަހައްޓާ ދެ ފޮއްޓެވެ. 

މީދޫ ކައުންސިލް ރައީސްކަމުގެ މަޤާމު ހޮވަން އިތުރުބުރުގެ ވޯޓެއް ބާއްވަނީ ދެ ކެންޑިޑޭޓުން ވެސް 392 ވޯޓާ އެކު އެއްވަރުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު