ENGLISH

12 ޖޫން 2026

Advertisement

ނިލަންދޫއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަހުމަދު މޫސާ އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

12 ޖޫން 2026

|

އައިމިނަތު ޝަފާ

އަޙްމަދު މޫސާ (ކަތީބު ދޮންބެ)

ފ. ނިލަންދޫއަށް ދިގު މުއްދަތަކަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ، އަދި 1992 ވަނަ އަހަރު ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކުރައްވައިފައިވާ އެ ރަށު، އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓުގައި އަޙްމަދު މޫސާ އަވަހާރަވުމަކީ ބޮޑު ހިތާމައަކާއި ފުންއަސަރުތަކެއް ކުރުވި ޚަބަރެއްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސް ވިދާޅުވީ ނިލަންދޫގެ ކަތީބުކަމުގައި އެ ރަށަށް އަޙްމަދު މޫސާ (ކަތީބު ދޮންބެ) ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި އެ މަރްހޫމުގެ އަމާނާތްތެރިކަމާއި ހިތްޕުޅު ހެޔޮކަމާއި އެތައް މަސައްކަތެއް ކުރެއްވުމުގެ ހުނަރާއި މުރާލި އަދި ހަރުދަނާ ޝަޚްސިއްޔަތަކީ މުޅި ދިވެހިރާއްޖެއަށް ރީތި ނަމޫނާއެއް ކަމަށެވެ. އަދި އުފަން ދަރީންނާއި ކާފަ އަދި މުނިކާފަ ދަރީންގެ ތެރޭގައި ވެސް ތައުލީމީ ގާބިލް އެތައް ހިދުމަތްތެރީންނެއް ތިއްބެވިކަމީ އަޙްމަދު މޫސާގެ ހަޔާތްޕުޅުގައި ލިބިވަޑައިގަތް ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއްކަމަށް ވިދާޅުވިއެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި މަރްޙޫމް އަޙްމަދު މޫސާގެ ލޮބުވެތި އާއިލާއަށާއި ނިލަންދޫގެ ރައްޔިތުންނަށް ރައީސް ތައުޒިޔާ ވިދާޅުވިއެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިއުމަތާއި ރަހުމަތުގައި މަރުހޫމް ލެހެއްޓެވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު