ENGLISH

11 ޖޫން 2026

Advertisement

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީންއިން ވޯލްޑް ކަޕް ބަލައިލުމުގެ ފުރުސަތު

11 ޖޫން 2026

|

އާމިނަތު ނުޒްލާ

ހުޅުމާލެ ސެންޓްރަލް ޕާކް-- ފޮޓޯ: އެމްވީ ޕްލަސް

މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަ މެޗުތައް ބެލުންތެރިންނަށް އެންމެ ފުރިހަމައަށް ގެނެސްދިނުމުގެ މަގްޞަދުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީންތައް ބަހައްޓައިފިއެވެ.

އެޗްޑީސީ އިން ބުނީ، ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއް ހިލޭ ބަލައިލުމުގެ އިންތިޒާމު މިހާރު ހުޅުމާލޭގައި ހަމަޖެހިފައިވާކަމަށެވެ.

ހުޅުމާލޭގައި ބޮޑު ސްކްރީންތައް ބަހައްޓާފައިވާ ސަރަހައްދުތައް:

  • ހުޅުމާލެ ފޭސް 1: ސެންޓްރަލް ޕާކު
  • ހުޅުމާލެ ފޭސް 1: ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ސަރަހައްދު
  • ހުޅުމާލެ ފޭސް 2: ވިނަރެސް ޓަވަރު 9 ގެ ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ސަރަހައްދު

އެޗްޑިސީން ބުނީ، މި އިންތިޒާމު ހަމަޖެއްސުމުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި ވޯލްޑް ކަޕުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި، ހުޅުމާލޭގައި ދިރިއުޅޭ ފުޓްބޯޅަ ސަޕޯޓަރުންނަށް އަމާންކަމާއެކު، އެކުވެރި އުފާވެރި މާހައުލެއްގައި މެޗުތައް ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

މި ސަރަހައްދުތަކުގައި ބޮޑު ސްކްރީނުން މެޗުތައް ދައްކާއިރު، ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ މެޗުތައް ބަލައިލުމުގެ ޖާގަ އޮންނާނެ ކަމަށާއި، އަދި މިއީ ކުޅިވަރުގެ ރޫހު އާލާކޮށް، މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދުގެ ފޯރި ރާއްޖޭގައި ގަދަވަމުންއަންނައިރު، މާލެ ސަރަހައްދުގައި ޒުވާނުންގެ ހަބުގައި ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ހިލޭ ބަލައިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މެޗުތައް ބެލުމުގެ އިތުރުން ތަފާތު ގިނަ ހަރަކާތްތައް ޒުވާނުންގެ ހަބުގައި ބޭއްވުމަށް ރާވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު