ENGLISH

08 ޖޫން 2026

Advertisement

އޮޑި ސްޕޯޓްސްގައި ހޭދަކުރީ ކެރިއަަރުގެ އެންމެ ކާމިޔާބު ސީޒަން: ގާސިއާ

08 ޖޫން 2026

|

އިސްމާއިލް ޝާހު

އޮޑި ސްޕޯޓްސްއަށް އިރުޝާދުދިން ސްޕެއިންގެ ތަޖުރިބާކާރު ކޯޗު އަންދްރޭސް ގާސިއާ --- ފޮޓޯ: އޮޑި ސްޕޯޓްސް

އޮޑި ސްޕޯޓްސް ކުލަބުގައި ހޭދަކުރީ ސީޒަނަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަން ކަމަށް ސްޕެއިންގެ ތަޖުރިބާކާރު ކޯޗު އަންދްރޭސް ގާސިއާ ބުނެފިއެވެ. މިދިޔަ ސީޒަނުގައި އޮޑި ސްޕޯޓްސްގައި ރަނގަޅު މަސައްކަތްތަކެއް ކުރި ކޯޗު ވަނީ ރަނގަޅު ހުށަހެޅުމެއް ލިބުމުން، އެ ކުލަބު ދޫކޮށްލާފައެވެ.

މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އޮޑި ސްޕޯޓްސްއިން ވަނީ އަލަތު ސީޒަނުގެ ގާސިއާގެ އިރުޝާދުގެ ދަށުން ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުން މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގު ނިންމާލީ ތާވަލުގެ ދެވަނައިގައި އޮވެގެންނެވެ.

އޮޑި ސްޕޯޓްސް ދޫކޮށްލިކަން އިއުލާންކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ގާސިއާ ބުނީ 2025 ވަނަ އަހަރުގެ އޯގަސްޓް މަހު މި ދަތުރު ފެށިއިރު، ރާއްޖޭގެ ބޮޑެތި ބާރުތަކާ ވާދަކޮށް، މިފަދަ ތާރީޚީ ކާމިޔާބީއެއް ހޯދިދާނެ ކަމަކަށް ދުވަހަކުވެސް ހިތަށް ނާރާ ކަމަށެވެ.

"މިއީ އަޅުގަނޑުގެ މުޅި ހަޔާތުގައިވެސް ހޭދަކުރި އެންމެ ފުރިހަމަ ސީޒަން. އަދި މިއީ ލިބުނު ވަރަށް އުފާވެރި ތަޖުރިބާއެއް،" ގާސިއާ އިތުރަށް ލިޔެފައިވާ ގޮތުގައި، "އެނާއަކީ އަބަދުވެސް އެ އޮޑީގެ ފަޅުވެރިއެއްގެ ގޮތުގައި ދެމިހުންނާނެ މީހެއް. އަދި ކޮންމެ ތަނެއްގައި ހުރި ކަމުގައި ވިޔަސް، އަބަދުވެސް އޮޑި ސްޕޯޓްސްއަށް ސަޕޯޓުކުރާނަން،" 

ގާސިއާ އޮޑި ސްޕޯޓްސް ދޫކޮށްލިއިރު، މީގެ ކުރިން މިދިޔަ މެއި މަހުގެ ތެރޭގައި އެ ކުލަބުން ވަނީ އޮޑި ސްޕޯޓްސް އެކެޑަމީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށްވެސް ގާސިއާ ހަމަޖެއްސިކަން އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު