ENGLISH
08 ޖޫން 2026
ޙައްޖުވެރިންގެ ތިންވަނަ ގްރޫޕް ރާއްޖެ އަންނަން ފުރައިފި
08 ޖޫން 2026
|
މިއަހަރުގެ ޙާއްޖުވެރިންގެ ފުރަތަމަ ފްލައިޓްއިން ހައްޖުވެރިން މާލެ އައުން-- ފޮޓޯ: ދިވެހި ހައްޖު މިޝަން
އެންމެ މަޤްބޫލު
ދިވެހި ޙައްޖުވެރިންގެ ތިންވަނަ ގްރޫޕް މިއަދު ރާއްޖެ އައުމަށް ފުރައިފިއެވެ.
ދިވެހި ޙައްޖު މިޝަންއިން ބުނީ މި ފްލައިޓްގައި 260 އަށްވުރެ ގިނަ ޙައްޖުވެރިން ރާއްޖެ އަންނާނެ ކަމަށެވެ. މި ދަތުރުކުރަނީ ސައުދީ އެއާލައިންނެވެ.
ޙައްޖުވެރިންގެ ތިންވަނަ ފްލައިޓް ނައްޓާލާފައިވަނީ ސައުދީ ގަޑިން 09:00ގައެވެ. މި ފްލައިޓް ލަންކާއަށް ޓްރާންސިޓްކުރުމަށްފަހު، ރާއްޖެ އާދެވޭނެކަމަށް އަންދާޒާކޮށްފައިވަނީ މިރޭ 20:00 ގައެވެ.
ޙައްޖަށް މިއަހަރު ދިޔަ ޙައްޖުވެރިންގެ އެންމެ ފަހު ފްލައިޓްގެ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މޯލްޑިވިއަންގެ ފްލައިޓްގައި ކުރާ މި ދަތުރުގައި، ފްލައިޓް ބޭއްވުމަށް ތާވަލުކޮށްފަވަނީ ސައުދީ ގަޑިން މާދަމާ ހަވީރު 04:00ގައެވެ. ރާއްޖެއަށް އާދެވޭނެކަމަށް ލަފާކޮށްފައިވަނީ ރާއްޖެގަޑިން ރޭގަނޑު 12 ޖަހާކަށްހާއިރުއެވެ. މިއާއެކު މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހުރިހާ ޙާޖީންނަށް، ދަތުރު ނިންމުމަށްފަހު ރާއްޖެ އާދެވޭނެއެވެ.
ޙާޖީންގެ ކޮންމެ ގްރޫޕެއް ސައުދީގައި 3 ހަފުތާ ހޭދަކޮށްފައިވެއެވެ. މައްކާގައި ޙައްޖުގެ މަނާސިކުތަކުގެ އިތުރުން، ޙާޖީން މަދީނާގައި ދެ ދުވަސް މަޑުކޮށްފައިވެއެވެ.
މި އަހަރުވެސް 1,000 ދިވެހީން ޙައްޖުގެ އަޅުކަމަށް ސަޢުދީއަށް ދިޔައެވެ. މިއީ ފަހުގެ ތާރީޚެއްގައި ޙައްޖުވެރީންނަށް އެންމެ ފުރިހަމަ އިންތިޒާމެއް ހަމަޖެއްސި އަހަރެވެ. ޙައްޖުގެ އަޅުކަމަށް ދިޔަ ދިވެހީންނަށް ރަނގަޅު ޚިދުމަތެއް ދިނުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.