ENGLISH
08 ޖޫން 2026
އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ފެށިގެން ކުރިއަށް
08 ޖޫން 2026
|
ވިލުންތެރި ކަނބަލުން ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ: އެޗްޑީސީ
އެންމެ މަޤްބޫލު
މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެޗްޑީސީއިން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ، އަންހެނުންނަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން ބާރުވެރިކުރުމެވެ. އެގޮތުން 2023 ވަނަ އަހަރު ބޭއްވުނު "ވިލުންތެރި ކަނބަލުން" ގެ ޕްރޮގާރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެޗްޑީސީއިން ބުންޏެވެ. މިކާމިޔާބާއެއްކޮށް މިއަހަރުގެ ތަމްރީނުތަކުގެ ދާއިރާ އިތުރަށް ފުޅާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 264 ބައިވެރިން ފޯމު ހުށަހަޅާފައިވާ ކަމަށް އެޗަޑީސީއިން މައުލޫމާތު ދީފައިވެއެވެ. އެގޮތުން ފޯމު ހުށަހެޅި ހުރިހާ ބައިވެރިންނަށްވެސް ފުރުސަތު ދީފައިވާ ކަމަށާއި، އެކި ބެޗުތަކަށް ޕްރޮގްރާމް ބަހާލެވިފައިވާކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން ބުނީ، މިއަހަރުގެ ޕްރޮގްރާމްގައި ގޭތެރޭގައި ގެންގުޅޭ ކަރަންޓް ސާމާނު މަރާމާތު ކުރުމުގެ ތަމްރީނުތަކުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ޙައްލުކުރަން ދަސްކޮށްދިނުމަށް ހިމަނާފައިވާކަމަށެވެ. މި ޕްރޮގުރާމު ފުރިހަމަ ކުރާ ހުރިހާ ބައިވެރިންނަށްވެސް ސެޓްފިކެޓު ދިނުމަށް ހަމަޖެހިފައިވެއެވެ.
އެމްއައިޓީއާއި އެޗްޑީސީއާއެކު ކުރިއަށްގެންދާ މި ތަމްރީނުތަކުގެ ސަބަބުން އަންހެނުންނަކީ، ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެއެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި ކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.