ENGLISH
08 ޖޫން 2026
ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އާދީއްތަ ދުވަހަށް ހަމަވާނެ
08 ޖޫން 2026
|
ގައުމީ ބޭންކް- ބީއެމްއެކްގެ މަރުކަޒު
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކް ފަންޑަށް މިއަހަރު އެދި ހުށަހެޅުމުގެ މުއްދަތު އާދީއްތަ ދުވަހަށް ހަމަވާނެއެވެ.
ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ކްލަބްތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ދެމެހެއްޓެނިވި އެކި މަޝްރޫތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ގްރާންޓެކެވެ.
2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ގްރާންޓަށް ހުޅުވާލާއިރު، މި އަހަރު ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ނިމިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
ބޭންކް ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
މި ފަންޑަށް އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް، [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
މުޖުތަމައުގެ ތަރައްޤީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫޢުތަކަށް ބޭންކުން މުހިންމު އަހަމިއްޔަތުކަމެއް ދެއެވެ.
އެގޮތުން، މި ފަންޑުން ތައުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމައު ކުރިއެރުވުމަށް މަޝްރޫއުތައް ހިންގުމަށް ބޭންކު ފަންޑަށް އެދި ހުށަހަޅާ ޖަމްއިއްޔާ ޖަމާއަތްތަކުގެ ތެރެއިން ހޮވާލާ 5 ޖަމްއިއްޔާއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ލިބޭނެއެވެ.