ENGLISH
08 ޖޫން 2026
ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
08 ޖޫން 2026
|
ކަނޑުގަދަ ދުވަހެއް
އެންމެ މަޤްބޫލު
ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވަނީ މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ކަނޑުދަތުރަށް ފުރުމުގެ ކުރިން ސަލާމަތީ ފިޔަވަޅުތަައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި، މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުމާއި، އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރަން އިރުޝާދު ދީފައިވެއެވެ.
މީގެ އިތުރުން އުޅަނދުން ދަތުރުކުރާ އެންމެންވެސް ލައިފް ޖެކެޓް އަޅައިގެން ތިބުމާއި އެމާޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތައް ފެންނާނޭހެން އުޅަނދުގައި ބެހެއްޓުމާއި، އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭއްވުމުގެ އިތުރަށް ޒަރޫރީ ބޭނުންތަކަށް ފިޔަވައި އެހެން ދަތުރުތައް މިދަނޑިވަޅުގައި ނުކުރަން ފުލުހުން އިލްތިމާސްކުރެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެއެވެ.
ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިންވެސް އަންނަނީ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.