ENGLISH

04 ޖޫން 2026

Advertisement

ދ. މީދޫގެ އިސް މަގާމުތަކެއް ފުރުއްވި ޞިއްދީޤު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

04 ޖޫން 2026

|

ޢަލީ ޝަހީމް

ދ. މީދޫގެ އިސް މަގާމުތަކެއް ފުރުއްވި، ޞިއްދީޤު ޢަލީ (68 އަހަރު).

ދ. މީދޫގެ އިސް މަގާމުތަކެއް ފުރުއްވި، އެރަށު ސާޔާ، ޞިއްދީޤު ޢަލީ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓުގައި ވަނީ، ދައުލަތުގެ މަޤާމުތައް 31 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައިވާ ޞިއްދީޤުގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. 

"ދ. މީދޫގެ ވެރިކަމުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ، މީދުއަށާއި ދައުލަތަށް 31 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި، އެރަށު ސާޔާ ޞިއްދީޤު ޢަލީ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، މަރްޙޫމްގެ ޢާއިލާއަށް ވަރަށް އިޚުލާޞްތެރިކަމާއެކު، ތަޢުޒިޔާ ދަންނަވަން. މާތްﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލަހައްޓަވާށި! އާމީން" ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ. 

ބަލިވެއުޅުއްވާތާ ގިނަ ދުވަސްތަކަކަށް ފަހު ޞިއްދީޤު އަވަހާރަވީ ޖޫން މަހުގެ ދެ ވަނަ ދުވަހުއެވެ. 

ޞިއްދީޤު ވަނީ މީދޫގެ ކުޑަކަތީބުކަމާއި، ކަތީބުކަމުގެ މަޤާމް ފުރުއްވާފައެވެ. އަދި، މީދޫ ކައުންސިލްގެ ޒިންމާދާވެރިޔާގެ މަޤާމުވެސް ޞިއްދީޤު އަދާކުރެއްވިއެވެ. އަދ ދ. އަތޮޅު މަދަރުސާގައި 1980 ގެ އަހަރުތަކުގައި ޞިއްދީޤް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. 


ކިޔުންތެރިންގެ ހިޔާލު