ENGLISH
05 ޖޫން 2026
މަނަދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ތިންވަނަ ފަންގިފިލާގެ މަސައްކަތް ކުރިއަށް
04 ޖޫން 2026
|
ނ.މަނަދޫގައި ބިނާކުރާ ފުލުހުންގެ މަރުކަޒު/ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ނ.މަނަދޫގައި ބިނާކުރާ ފުލުހުންގެ މަރުކަޒުގެ އަދާހަމަ އެމްޓީސީސީން ހިއްސާކޮށްފިއެވެ.
އެމްޓީސީސީން "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނީ މިހާރު ކުރަމުންދަނީ އޮފީސް ބްލޮކްގެ 3 ވަނަ ފަންގިފިލާގެ ސްލެބް ފޯމް އަދި ރެއިންފޯސްމަންޓް މަސައްކަތްތައް ކަމަށެވެ.
މަނަދޫގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ސަބަބުން އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ގެނެސްދިނުމަށް ފުލުހުންގެ ހިދުމަތަށް ފަސޭހަވެގެންދާނެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
ނ. މަނަދޫގައި ބިނާކުރާ ފުލުހުންގެ މަރުކަޒުގެ އިތުރުން އެ ރަށުގައި އަންނަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއްވެސް އަޅަމުންނެވެ. އަދި އެ ސެންޓަރުގައި މިހާރު ކުރިއަށްދަނީ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތެވެ.