ENGLISH

04 ޖޫން 2026

Advertisement

ވޯލްޑް ކަޕުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިންނަކީ ކޮބާ؟ އެންމެ ހަގު ސްކޮޑަކީ ކޮބާ؟

04 ޖޫން 2026

|

ސުވެއިދާ ހުސެއިން

ލަމީން ޔަމާލް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ؛ މި ފަހަރުގެ ވޯލްޑް ކަޕުން ފެންނާނެ އެންމެ ތަޖުރިބާކާރު ކުޅުންތެރިންނާއި ޅަ ކުޅުންތެރިން ---

ފީފާ ވޯލްޑް ކަޕް މި މަހު ފަށާއިރު، މި ފަހަރުގެ މުބާރާތުގައި ކުޅޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިންނަކީ ކޮބައިހެއްޔެވެ؟ އެންމެ ހަގު ސްކޮޑަކީ ކޮބައިހެއްޔެވެ؟ މިއީ ފުޓްބޯޅައަށް ޝައުގުވެރިވާ، އަދި ޚާއްސަކޮށް ވޯލްޑް ކަޕަށް ޝައުގުވެރިވާ ފަރާތްތައް އެގެން ބޭނުންވާނެ މައުލޫމާތުތަކެކެވެ. 

ވޯލްޑް ކަޕުގައި ވާދަކުރާ 48 ގައުމުގެ ސްކޮޑުތައް މިހާރު ކަށަވަރުވެފައިވާއިރު، މުބާރާތް ފެށުމުގެ ކުރިން މި ޓީމުތަކުގެ އެކުލެވުމާއި، ޓީމުތަކުގެ މެދުގައި ހުރި ތަފާތުތަކަށް ބަލާލުމަކީ މުހިންމު ކަމެކެވެ.

މެންޗެސްޓާ ސިޓީއަށް މި ފަހަރުގެ އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ނުކުރެވުނުކަމުގައި ވިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި އެ ކުލަބުގެ ކުޅުންތެރިންނަށް އޮތް ޑިމާންޑް ނުހަނު ބޮޑެވެ. ކުރިއަށް އޮތް ހަފުތާތަކުގައި ތަފާތު 12 ގައުމަކަށް ނިސްބަތްވާ އެ ކުލަބުގެ 19 ކުޅުންތެރިން ވޯލްޑް ކަޕުން ފެންނާނެއެވެ. މިއީ ރިކޯޑު އަދަދެކެވެ.

މީގެ އިތުރުން ޖަރުމަން، އިނގިރޭސިވިލާތް، ފްރާންސް އަދި ސްޕެއިންގެ ޗެމްޕިއަން ކުލަބުތަކުންވެސް ގިނަ އަދަދެއްގެ ކުޅުންތެރިން މުބާރާތުގައި ބައިވެރިވެއެވެ. އެގޮތުން އާސެނަލްގެ 16 ކުޅުންތެރިން ތަފާތު 10 ގައުމެއް ތަމްސީލުކުރާނެއެވެ. އިޓާލިއަން ލީގު ކާމިޔާބުކުރި އިންޓަރ މިލާނުން މި ފަހަރުގެ މުބާރާތުގައި ފެންނާނީ އެންމެ 7 ކުޅުންތެރިންނެވެ. މީގެ މައިގަނޑު ސަބަބަކީ އިޓަލީ މުބާރާތަށް ކޮލިފައިނުވުމެވެ.

ވޯލްޑް ކަޕުގައި އެންމެ ގިނަ ކުޅުންތެރިން ތަމްސީލުކުރާ ކުލަބުތައް:

  • މެންޗެސްޓަރ ސިޓީ: 19 ކުޅުންތެރިން
  • ބަޔާން މިއުނިކް: 18 ކުޅުންތެރިން
  • އާސެނަލް: 16 ކުޅުންތެރިން
  • ޕީއެސްޖީ: 15 ކުޅުންތެރިން
  • ބާސެލޯނާ: 14 ކުޅުންތެރިން

މިފަހަރުގެ ޕްރިމިއަރ ލީގުގައި ހިމެނޭ 20 ކުލަބަށް ބަލާއިރު، ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަން ކްރިސްޓަލް ޕެލަސްގެ 12 ކުޅުންތެރިން ވޯލްޑް ކަޕުން ފެންނާނެއެވެ. އެ ކުލަބަށްވުރެ ގިނަ ކުޅުންތެރިން މުބާރާތަށް ފޮނުވަނީ މި ސީޒަނުގެ ގަދަ ތިން ޓީމު އެކަންޏެވެ.

ލޯނު އުސޫލުން އެކި ކުލަބުތަކަށް ކުޅެމުންދާ ކުޅުންތެރިން ހިމެނޭހެން، ސަންޑަލެންޑުގެ 11 ކުޅުންތެރިން ވޯލްޑް ކަޕުގައި ވާދަކުރެއެވެ. މިއީ ޗެލްސީ އާއި ލިވަޕޫލާ އެއްވަރުގެ އަދަދެކެވެ. މިއިން ހާމަވަނީ މިދިޔަ އަހަރު ޕްރޮމޯޓްވުމަށްފަހު، އެ ކުލަބުން ކުޅުންތެރިން ހޯދުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ގެންގުޅުނު ހަލި ސިޔާސަތެވެ.  އެހެން ނަމަވެސް ބްރެންޓްފަޑް، އެވަަޓަން އަދި ލީޑްސް ޔުނައިޓެޑުން މުބާރާތަށް ފޮނުވަނީ ކޮންމެ ކްލަބަކުން އެންމެ 4 ކުޅުންތެރިންނެވެ.

ވޯލްޑް ކަޕުގައި ވާދަކުރާ ޕްރިމިއަރ ލީގު ކުލަބުތަކުގެ ކުޅުންތެރިންގެ އަދަދުތައް:

  • މެންޗެސްޓާ ސިޓީ: 19 ކުޅުންތެރިން
  • އާސެނަލް: 16 ކުޅުންތެރިން
  • މެންޗެސްޓާ ޔުނައިޓެޑް: 13 ކުޅުންތެރިން
  • ކްރިސްޓަލް ޕެލަސް: 12 ކުޅުންތެރިން
  • ޗެލްސީ: 11 ކުޅުންތެރިން
  • ލިވަޕޫލް: 11 ކުޅުންތެރިން
  • ސަންޑަލެންޑް: 11 ކުޅުންތެރިން
  • އެސްޓަން ވިލާ: 10 ކުޅުންތެރިން
  • ޓޮޓްނަމް ހޮޓްސްޕަރ: 9 ކުޅުންތެރިން
  • ބްރައިޓަން: 8 ކުޅުންތެރިން
  • ނިއުކާސަލް: 7 ކުޅުންތެރިން
  • ފުލަމް: 7 ކުޅުންތެރިން
  • ވުލްވްސް: 7 ކުޅުންތެރިން
  • ބޯންމަތު: 6 ކުޅުންތެރިން
  • ނޮޓިންހަމް ފޮރެސްޓް: 6 ކުޅުންތެރިން
  • ބާންލީ: 5 ކުޅުންތެރިން
  • ވެސްޓް ހޭމް: 5 ކުޅުންތެރިން
  • ބްރެންޓްފަޑް: 4 ކުޅުންތެރިން
  • އެވަޓަން: 4 ކުޅުންތެރިން
  • ލީޑްސް: 4 ކުޅުންތެރިން

މި ސީޒަނުގައި ޔޫރަޕުގެ އެންމެ ވަރުގަދަ 5 ލީގުގައި ކުޅެފައިވާ، ގައުމީ ޓީމުތަކުގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ އަދަދު:

  • ސްޕެއިން: 26 
  • އިންގްލެންޑް: 25 
  • ޖަރުމަނުވިލާތް: 25 
  • ފަރަންސޭސިވިލާތް: 24 
  • ސްވިޒަލެންޑް: 23 
  • ނެދަލެންޑްސް: 23 
  • އާޖެންޓީނާ: 20 
  • ބެލްޖިއަމް: 20 
  • ސެނެގޯލް: 20

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިނގިރޭސިވިލާތާ ދެކޮޅަށް ނުކުންނަ ޕެނަމާއަކީ މުބާރާތުގެ އެންމެ ދޮށީ ސްކޮޑެވެ. މީގެ އިތުރުން އެވްރެޖް އުމުރު 30 އަށްވުރެ މަތީގައި އުޅެނީ އީރާން އަދި ކޮލަމްބިއާގައެވެ.

ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ، އެ ގައުމަށް 2002 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއް ހޯދައިދިނުމަށް އިސްކަންދީފައިވަނީ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ޑަނީލޯ، ކަސެމީރޯ އަދި ނޭމާ (އުމުރުން 34 އަހަރު) އަށެވެ. 1998 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި ސްކޮޓްލެންޑަކީވެސް މުބާރާތުގެ އެންމެ ދޮށީ އެއް ސްކޮޑެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ސްކޮޓްލެންޑުގެ ގޯލްކީޕަރު ކްރެއިގް ގޯޑަންއެވެ.

ވޯލްޑް ކަޕުގައި ހިމެނޭ އެންމެ ދޮށީ އުމުރުގެ ސްކޮޑުތައް (މުބާރާތް ފަށާ ދުވަހަށް ޓީމުތަކުގެ އެވްރެޖް އުމުރު ހުރިގޮތް):

  • ޕެނަމާ: 30 އަހަރާއި 155 ދުވަސް
  • އީރާން: 30 އަހަރާއި 121 ދުވަސް
  • ކޮލަމްބިއާ: 30 އަހަރާއި 32 ދުވަސް  
  • ކޭޕް ވާޑޭ: 29 އަހަރާއި 247 ދުވަސް 
  • ގަތަރު: 29 އަހަރާއި 173 ދުވަސް 
  • ބްރެޒިލް: 29 އަހަރާއި 74 ދުވަސް
  • ސްކޮޓްލެންޑް: 29 އަހަރާއި 69 ދުވަސް 
  • ޑީއާރް ކޮންގޯ: 29 އަހަރާއި 69 ދުވަސް  

ސްކޮޓްލެންޑުގެ ގޯލްކީޕަރު ކްރެއިގް ގޯޑަން، މުބާރާތް ފެށޭއިރު އޭނާގެ އުމުރަކީ 43 އަހަރާއި 162 ދުވަހެވެ. މިއީ މުޅި މުބާރާތުގައިވެސް ހުރި އެންމެ ދޮށީ ކުޅުންތެރިޔާއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އުމުރުން 41 އަހަރުގައި އޭނާގެ ހަވަނަ ވޯލްޑް ކަޕަށް ތައްޔާރުވަމުންދާއިރު، އުމުރުން 40 އަހަރުން މަތީގެ ކުޅުންތެރިންގެ ތެރޭގައި ލޫކާ މޮޑްރިޗް އަދި އެޑިން ޒެކޯވެސް ހިމެނެއެވެ.

މި އަހަރުގެ ވޯލްޑް ކަޕުގެ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިން:

  • ސްކޮޓްލެންޑް: ގޯލްކީޕަރު ކްރެއިގް ގޯޑަން - އުމުރު: 43 އަހަރާއި 162 ދުވަސް
  • ޕޯޗުގަލް: ފޯވާޑްކްރިސްޓިއާނޯ ރޮނާލްޑޯ - އުމުރު: 41 އަހަރާއި 126 ދުވަސް
  • މެކްސިކޯ: ގޯލްކީޕަރު ގިލެރްމޯ އޮޗޯއާ - އުމުރު: 40 އަހަރާއި 333 ދުވަސް
  • ޔޫކްރެއިން - މިޑްފީލްޑަރު ލޫކާ މޮޑްރިޗް - އުމުރު: 40 އަހަރާއި 275 ދުވަސް
  • ބޮސްނިއާ - ފޯވާޑް އެޑިން ޒެކޯ - އުމުރު: 40 އަހަރާއި 86 ދުވަސް 
  • ޖަރުމަން - ގޯޕްކީޕަރު މެނުއަލް ނޯޔާ - އުމުރު: 40 އަހަރާއި 76 ދުވަސް
  •  ކޭޕް ވާޑޭ - ގޯލްކީޕަރު ވޮޒީނިއާ - އުމުރު: 40 އަހަރާއި 8 ދުވަސް  
  • އާޖެންޓީނާ - ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ - އުމުރު: 39 އަހަރާއި 360 ދުވަސް  

އައިވަރީ ކޯސްޓަކީ މުބާރާތުގެ އެންމެ ޒުވާން ސްކޮޑެވެ. އެ ޓީމުގެ ހުނަރުވެރި ދެ ފޯވާޑުން ކަމަށްވާ ޔަންދިއޮމާންޑޭ (19 އަހަރު) އަދި ބަޒޫމާނާ ޓޫރޭ (20 އަހަރު) އަށް ބޮޑެތި ކުލަބުތަކުން ފާރަވެރިވަމުންދެއެވެ. އެފްރިކާގެ ޗެމްޕިއަން މޮރޮކޯ އަދި ޔޫރޯގެ ޗެމްޕިއަން ސްޕެއިންގައިވެސް ހިމެނެނީ ނިސްބަތުން ޒުވާން ސްކޮޑެކެވެ. ސްޕެއިން ޓީމުގައި ލަމީން ޔަމާލް (18 އަހަރު) އަދި ޕައު ކުބާސީ (19 އަހަރު) ފަދަ ޒުވާން ތަރިން ހިމެނެއެވެ.

ވޯލްޑް ކަޕުގައި ހިމެނޭ އެންމެ ޒުވާން ސްކޮޑުތަކުގެ ތަފުސީލު:

  • އައިވަރީ ކޯސްޓް: 25 އަހަރާއި 310 ދުވަސް
  • އެކުއެޑޯ: 26 އަހަރާއި 28 ދުވަސް
  • މޮރޮކޯ: 26 އަހަރާއި 144 ދުވަސް 
  • ބޮސްނިއާ އެންޑް ހެރްޒެގޮވީނާ: 26 އަހަރާއި 154 ދުވަސް   
  • ޓިއުނީޝިއާ: 26 އަހަރާއި 235 ދުވަސް    
  • ސްޕެއިން: 26 އަހަރާއި 273 ދުވަސް  
  • ނޯވޭ: 26 އަހަރާއި 293 ދުވަސް
  • ދެކުނު އެފްރިކާ: 26 އަހަރާއި 295 ދުވަސް    

މުޅި މުބާރާތުގައި ހުރި އެންމެ ޒުވާން ކުޅުންތެރިއަކީ މެކްސިކޯގެ ގިލްބާޓޯމޯރާއެވެ. މުބާރާތް ފެށޭއިރު އޭނާގެ އުމުރަކީ 17 އަހަރާއި 240 ދުވަހެވެ. އޭނާއަށް 18 އަހަރު ފުރޭނީ އަންނަ އޮކްޓޯބަރު މަހުއެވެ. ޗެކްރިޕަބްލިކްގެ ހިއުގޯސޮޗުރެކަށް މި އަންނަ އާދީއްތަ ދުވަހު 18 އަހަރު ފުރޭއިރު، ބަޔާން މިއުނިކްގައި މޮޅު ކުޅުމެއް ދެއްކި ޖަރުމަނުގެ ޒުވާން ތަރި ލެނާޓްކާލްވެސް މި މުބާރާތުން ފެންނާނެއެވެ.

ވޯލްޑް ކަޕުގައި ފެނިގެންދާނެ އެންމެ ޒުވާން ކުޅުންތެރިން:

  • ގިލްބާޓޯ މޯރާ (މިޑްފީލްޑަރު) – 17 އަހަރާއި 240 ދުވަސް
  • ހޫގޯ ސޮޗުރެކް (މިޑްފީލްޑަރު) – 18 އަހަރާއި 4 ދުވަސް
  • ލެނާޓް ކާލް (ފޯވާޑް) – 18 އަހަރާއި 109 ދުވަސް
  • އިބްރާހިމް އެމްބާއީ (ފޯވާޑް) – 18 އަހަރާއި 138 ދުވަސް
  • ހަމްޒާ އަބްދުލްކަރީމް (ފޯވާޑް) – 18 އަހަރާއި 161 ދުވަސް
  • ބާރާ ސަޕޯކޯ އެންޑިއާޔޭ (މިޑްފީލްޑަރު) – 18 އަހަރާއި 162 ދުވަސް
  • މްލަޑެން ޖުރްކަސް (ގޯލްކީޕަރު) – 18 އަހަރާއި 247 ދުވަސް
  • އައްޔޫބު ބޫއައްދީ (މިޑްފީލްޑަރ) – 18 އަހަރާއި 252 ދުވަސް
ކިޔުންތެރިންގެ ހިޔާލު