ENGLISH

03 ޖޫން 2026

Advertisement

ހިންނަވަރު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް

03 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ހިންނަވަރު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް- އާރްޑީސީ

ޅ.ހިންނަވަރުގައި އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީ އިން މި މަޝްރޫއުގެ އަދާހަމަ ހިއްސާކޮށް ބުނީ މިހާރު މި މަޝްރޫއުގެ ދަށުން ކުރިއަށްދަނީ ކޮލަމް ޝަޓަރިން ސެޓަޕް އަދި ކޮލަމް ކާސްޓިންގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރުއޫގެ އަމަލީ މަސައްކަތް ފަަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިންނަވަރަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

ހިންނަވަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ވަޒީރު ޢަބްދު الله ރާފިޢުއެވެ. އަދި އަރިހުގައި ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމްގެ އިތުރުން ހިންނަވަރު ކައުންސިލުގެ ރައީސް ހަސަން ޝާފިއު ވެސް ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫއުގެ އިތުރުން ވެސް ހިންނަވަރުގައި އާރްޑީސީ އިން އަންނަނީ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، ހިންނަވަރު ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ކެމްޕަހަކާއި ދަނާލު އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ވެސް އާރްޑީސީން ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު