ENGLISH
03 ޖޫން 2026
މާރަންދޫ ޕޮލިސް ޕޯސްޓުގެ ޝަޓަރިން މަސައްކަތް ކުރިއަށްދަނީ
03 ޖޫން 2026
|
މާރަންދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ހއ. މާރަންދޫގައި އިމާރަތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ ތެރެއިން ޝަޓަރިންގ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެން ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނި ގޮތުގައި މާރަންދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބާ ބެންޑިން އާއި ޝަޓަރިންގ ގެ މަސައްކަތެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ވަޑައިގެންނެވި ދަތރުފުޅެއްގައި އިފްތިތާހްކޮށްދެއްވި މަޝްރޫއެކެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
ސަރުކާރުން އަންނަނީ އައު ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމާއި، މަރާމާތުކުރަންޖެހޭ ޕޮލިސް އިމާރާތްތަކުގެ މަސައްކަތް ކުރުމުގެ އިތުރުން، ރަށްރަށުގައި ހުރި އެކަމޮޑޭޝަން ބްލޮކްތައް ވެސް އިމާރާތްކޮށް މަރާމާތުކުރަމުންނެވެ.
މީގެ އިތުރުން، ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފައެވެ.