ENGLISH
03 ޖޫން 2026
ޙައްޖުވެރިން އެނބުރި ރާއްޖެ އަންނަ ދުވަސްތަކުގައި ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ
03 ޖޫން 2026
|
ޙައްޖުގެ އަޅުކަމަށްފަހު އެބުރި ހައްޖު ވެރިން ރާއްޖެ އައުން-- ފޮޓޯ: އެޑިޝަން.އެމްވީ
އެންމެ މަޤްބޫލު
މި އަހަރުގެ ޙައްޖުގެ އަޅުކަމަށްފަހު، ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި، އެއަރޕޯޓަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރާނެތީވެ، ދަތުރުވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްޕީއެލް) އިން އިލްތިމާސްކޮށްފިއެވެ.
އެމްޕީއެލް އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، ޙައްޖާޖީންނާއި، ޙައްޖާޖީން ބަލައި އެއާރޕޯޓަށް އަންނަ މީހުން މި މަހުގެ 5، 7، 8 އަދި 9 ވަނަ ދުވަހު އިތުރުވާނެ ކަމަށެވެ. މި ދުވަސްތަކަކީ ޙައްޖާޖީން އެބުރި މާލެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކެވެ.
މި ކަމުގެ ސަބަބުން އެއަރޕޯޓްގެ ޓްރެފިކް އަދި ޕާކިންއަށް ބާރުބޮޑުވާނެކަމަށް ލަފާކުރެވޭތީ، އެ ދުވަސްތަކުގައި އެއަރޕޯޓަށް ވަޑައިގަންނަވާ މީހުން ޓްރެފިކް ކުޑަކުރުމުގެ ގޮތުން ފެރީ ނުވަތަ އެއަރޕޯޓްގެ ބަސް ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.
ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ހުކުރު ދުވަހުން ފެށިގެންކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތައް:
މިދުވަސްވަރަކީ، ގައިންގަޔަށް އަރާ ބަލިތައް ފެތުރެމުން އަންނަ ދުވަސްވަރަކަށްވާތީ، މީހުން އެއްވެ އުޅޭ ތަންތަނަށް ކޮންމެހެން ދާންޖެހިގެން މެނުވީ ނުދިއުމަށް އެޗްޕީއޭ އިން ވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ.