ENGLISH

03 ޖޫން 2026

Advertisement

ވައިޑް ބޮޑީ މަތިންދާ ބޯޓުން 80،000 ފަސިންޖަރުން އުފުލައިފި

03 ޖޫން 2026

|

އައިމިނަތު ޝަފާ

ގައުމީ އެއާލައިނުގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު

ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ފެށިފަހުން މިހާތަނަށް 80،000 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލާފައިވާކަމަށް އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ. 

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނެސް ހިދުމަތްދޭންފެށީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެއީ (އޭއާބަސް އޭ-330) މަރުކާގެ ބޯޓެކެވެ. 

"މިހާތަނަށް ކުރި ޖުމުލަ މި ހުރިހާ ދަތުރުތައް އެއްކޮށްލައިގެން ގާތްގަނޑަކަށް 80،000 އަށްވުރެ ގިނަ ފަސެންޖަރުން މި ވަނީ ހަމަ މި ވައިޑް ބޮޑީ އެއަރކްރާފްޓުން ޚިދުމަތް ހޯދާފަ. އަދި އޭގެ އިތުރަށް 1،8،00 އަށްވުރެ ގިނަ ޓަނުގެ މުދާ އަޅުގަނޑުމެން މި ވަނީ މަތިންދާ ބޮޑު އުފުލާފަ،" އިޔާސް ވިދާޅުވިއެވެ.

ވައިޑް ބޮޑީއާއެކު އެންމެ ފުރަތަމަ ދަތުރުތައް ފެށީ ޗައިނާގެ ތިން މަންޒިލަށްކަން ފާހަގަކުރައްވަމުން އިޔާސް ވިދާޅުވީ ޗައިނާއިން އެކަނި 40،000 އަށް ވުރެ ގިނަ ފަތުރުވެރިން އުފުލާފާއިވާކަމަށެވެ. މީގެ ތެެރެއިން 50 އިންސައްތަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ މުޅިން އަލަށެވެ. އިޔާސް ވިދާޅުވީ ޗައިނާގެ އިތުރުން ތަރުހީބަށް ބަލައި އިންޑިއާ، ބަންގްލަދޭޝް، މެލޭޝިއާ އަދި ސައުދީ އަރަބިއްޔާއަށް ގިނަ ދަތުރުތަކެއް ކޮށްފައިވާކަމަށެވެ. 

މި ބޮޑު ކާމިޔާބީއާއެކު މި އަހަރުގެ ފަހުކޮޅު ގައުމީ އެއާލަނުގެ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނެވޭނަކަމަށާއި، އެއާއެކު ރަޝިޔާއާއި ދެކުނު ކޮރެއާއަށް ގައުމީ އެއާލައިނުން ދަތުރުތައް ފަށާނެ ކަމުގައި އިޔާސްް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ވައިޑް ބޮޑީ މަތިންދާބޯޓު ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. 

ކިޔުންތެރިންގެ ހިޔާލު