ENGLISH

03 ޖޫން 2026

Advertisement

މާލެއިން 52 މީހަކު ބަލައިފާސްކޮށް އެކަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

03 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން- ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން މާލޭގެ ދެ ސަރަހައްދެއް ބަލައި ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުލޭ ބިދޭސީން ހޯދުމަށް އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 52 ބިދޭސީއަކު ބަލައި ފާސްކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ.

މި މައްސަލަތަކާއި ގުޅިގެން ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ކުރަމުން އަންނަ މި މަސައްކަތަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު