ENGLISH

02 ޖޫން 2026

Advertisement

މުލިއާގޭގެ ޚިދުމަތްތެރިޔާ އިބްރާހިމް ޙަލީމް އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

02 ޖޫން 2026

|

އަޙުމަދު ޙަމީދު

މ. ފަތްކޯނި، އިބްރާހީމް ޙަލީމް

މުލިއާގޭގެ ޚިދުމަތްތެރިޔާ އިބްރާހިމް ޙަލީމް (ދޮންނަ) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ޙާޞިލުކުރަައްވައިފައިވާ، މ. ފަތްކޯނި، އިބްރާހީމް ޙަލީމް އަވަހާރަވުމުގެ ހިތާމައިގައި އެ ޢާއިލާއަށް ވަނީ ތަޢުޒިޔާ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބައި ގަރުނަށްވުރެ ދިގު މުއްދަތުގެ އިޚުލާޞްތެރި ޚިދުމަތުގެ ބޮޑުބަޔެއް މަރްޙޫމް އިބްރާހީމް ޙަލީމް ހޭދަކުރެއްވީ މުލީއާގޭގަައިކަން ފާހަގަ ކުރެއްވި އެވެ. އަދި ކުރީގެ ހަ ރައީސުންގެ އަރިހުގައި، ކަމޭހިތުމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކޮށްދެއްވައިފައިވާ ކަމަށް ވިދާޅުވި އެވެ.

‏"މާތްﷲގެ ތަނަވަސް ރަޙްމަތުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލަހައްޓަވާށި. އާމީން," ރައީސްގެ މެސެޖުގައި ލިޔުއްވާފައިވެ އެވެ.

އުމުރުން 76 އަހަރުގައި އަވަހާރަވި ޚަލީމްގެ ޖަނާޒާ އޮންނާނީ މިރޭ 11:00 ގައި އާސަހަރާ މިސްކިތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު