ENGLISH

02 ޖޫން 2026

Advertisement

މޭ މަހު 31 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

02 ޖޫން 2026

|

އާމިނަތު ނުޒްލާ

މަސްވެރިން މަސްބޭނުމުގައި--

ނިމިދިޔަ މޭ މަހު 31 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން ބުނެފި އެވެ.

މިފްކޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 693 އުޅަނދަކަށް 31،081،853 ( ތިރީސް އެއް މިލިއަން އަށްޑިހަ އެއް ހާސް އަށްސަތޭކަ ފަންސާސް ތިން ރުފިޔާ) ވަނީ މިދިޔަ މަހު ދޫކޮށްފަ އެވެ.

މިފްކޯއިން ބުނީ، މިދިޔަމަހު ޖުމްލަ 1،791 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައިވާ ކަމަށެވެ. އެގޮތުން 1708.9 ޓަނުގެ ކަޅު ބިލަމަސް ކިރުވާފައިވާއިރު، އެ މަހަށްވާ ފައިސާކަމަށްވާ 29،063،153 (ނަވާވީސް މިލިއަން ފަސްދޮޅަސް ތިން ހާސް ސަތޭކަ ފަންސާސް ތިން ރުފިޔާ) ރުފިޔާ ދޫކޮށްފައިވެ އެވެ. މިއީ 367 ދޯނިން ކިރުވާފައިވާ މަހެވެ.

ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 109 ދޯންޏަކަށް 138،000 (ސަތޭކަ ތިރީސްއަށްހާސް ރުފިޔާ) ޖަމާކޮށްފައިވެ އެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 217 ދޯންޏަކަށް ޖަމާކޮށްފައިވަނީ 1،880،700 (އެއް މިލިއަން އަށްސަތޭކަ އަށްޑިހަ ހާސް ހަތް ސަތޭކަ ރުފިޔާ) އެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ވަޢުދާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު