ENGLISH
02 ޖޫން 2026
މާލެއާ ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން: ސާވޭތަކާއި ދިރާސާގެ މަސައްކަތް ފަށައިފި
02 ޖޫން 2026
|
މަގުތައް ހެދުމުގެ މަސައްކަތް ފެށުމަށް ސާވޭތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް ފެށުން --
އެންމެ މަޤްބޫލު
މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތަފްޞީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް ފަށައިފި އެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްެރޫޫއުގެ ތެރެއިން، މަސައްކަތާގުޅޭ ސަރަޙައްދުތައް ސާވޭކުރުމާއިި ކަމާގުޅުންހުރި ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
އަދި މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތަފްޞީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް މިއަދު ފަށާފައިވާ ކަމަށެވެ.
މާލޭ މަގުތައް ހެދުމުގެ މަޝްރޫއަކީ ޗައިނާއަށް ރައީސުލްޖުމްހޫެރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހަމަޖެހުނު މަޝްރޫޢު އެކެވެ.
ޗައިނާއިން ހިލޭ އެހީ ދީގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ސާވޭ ޑިޒައިންއާއި، ކޮންސްޓްރަކްޝަން ހަވާލުކުރުމުގެ މަރުހަލާތައް ކުރިއަށްގެންދަނީ އެގައުމުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ހިންގާ ޕްރޮކިއުމެންޓުގެ ތެރެއިންނެވެ.