ENGLISH

02 ޖޫން 2026

Advertisement

އެމްއެންޔޫގެ ފަހި ފުރުސަތު ވަޒީފާގެ ބާޒާރު މާދަމާ ފަށަނީ

02 ޖޫން 2026

|

އާމިނަތު ނުޒްލާ

އެމްއެންޔޫގެ ފަހި ފުރުސަތު ވަޒީފާގެ ބާޒާރު-- ފޮޓޯ: ދުވަސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ފަހި ފުރުސަތު ވަޒީފާގެ ބާޒާރުގައި މި އަހަރު 32 ފަރާތަކުން ބައިވެރިވެއްޖެއެވެ.

މި ވަޒީފާގެ ބާޒާރު މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 3 އިން 5 އަކަށެވެ. އެމްއެންޔޫއިން ބުނީ މި ބާޒާރު ކުރިއަށްދާނީ އެ ޔުނިވަރސިޓީގެ މައިކެމްޕަހުގެ އިތުރުން އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ކަމަށެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބާޒާރު ހުޅުވިފައި ހުންނާނީ މިތިން ދުވަހުގެ ހަވީރު 16:00 އިން 18:00 އަށާއި، ރޭގަނޑު 20:00 އިން 22:00 އަށް ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.

އެމްއެންޔޫގެ ވަޒީފާގެ ބާޒާރުގައި މި އަހަރު ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި ސަރުކާރު މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކާއި ކެމްޕަސްތަކުގެ އިތުރުން އެމްއެންޔޫގެ ސްޓޯލްތައް ހިމެނެއެވެ. އެގޮތުން މިފަހަރު ވަޒީފާގެ ފުރުސަތު އިތުރުން ކެރިއަރ ގައިޑެންސްގެ ޚިދުމަތް ވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެ ޔުނިވަރސިޓީން މައުލޫމާތު ދީފައިވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ.

އެމްއެންޔޫގެ ފަހި ފުރުސަތު ވަޒީފާގެ ބާޒާރަކީ ހުރިހާ މީހުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާ ބާޒާރެކެވެ.

ކިޔުންތެރިންގެ ހިޔާލު