ENGLISH
02 ޖޫން 2026
އުތުރުގެ ތިން އަތޮޅުވެސް ވައިގެ މަގުން ގުޅާލަނީ
02 ޖޫން 2026
|
މޯލްޑިވިއަންގެ ބޯޓެއް.
އެންމެ މަޤްބޫލު
އުތުރުގެ ތިން އަތޮޅު ވައިގެ މަގުން ގުޅާލުމުގެ އަމަލީ މަސައްކަތް ސަރުކާރާ ގުޅިގެން ފަށާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިޔާސް ވިދާޅުވީ ދެކުނުގެ ހަތަރު އަތޮޅު ވައިގެމަގުން ގުޅާލުމަށް ފެށި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން އެތެރޭގެ އުދުހުންތައް ލުއިފަސޭހަކުރުމަށް ފެއްޓެވި މުހިންމު މަސައްކަތެއް ކަމަށެވެ. މި މަޝްރޫއުގެ ދަށުން މިއަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ދަތުރުތައް ފަށަފައިވެއެވެ.
މިއަހަރުގެ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހު ފެށި މި ދަތުރުތަކުގައި ބޭނުންކުރަމުން އަންނަނީ މޯލްޑިވިއަންގެ ޓްވިން އޮޓާ ބޯޓުތަކެވެ. ޑީ ހެވިލަންޑް ކެނެޑާ DHC-6-300 ޓްވިން އޮޓާއަކީ ކުރު ރަންވޭތަކުން އުދުއްސާލުމާއި ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ، 15 މީހުންގެ ޖާގައިގެ ބޯޓެކެވެ.
ދަތުރުތަކުގެ އަގުތައް؛
އިޔާސް ވިދާޅުވީ، މިހާތަނަށް 2900 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދެވިފައިވާކަމަށާއި އަދި މިހާރު ދަތުރުތައް ކުރިއަށްދަނީ 70 އިންސައްތަ އަށްވުރެ މަތީގެ ލޯޑު ފެކްޓާއެއްގައި ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިފައިވާ ކަމަށް އިޔާސް ވިދާޅުވިއެވެ.
މި ކާމިޔާބީއަށްފަހު އުތުރުގެ އަތޮޅުތައް ގުޅާލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށްވެސް އިޔާސް ވިދާޅުވިއެވެ.
"ހަތަރު އަތޮޅު މިއޮތީ ހަމަ ވައިގެ ނެޓްވޯކަކުން ވަރަށް ރަނގަޅަށް ގުޅާލެވިފައި. އެހެންމެ މި ދަތުރުގެ ކާމިޔާބީއަށް ބަލާފައި އަޅުގަނޑުމެން މިހާރު ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުން މިދަނީ ހަމަ މިގޮތަށް އުތުރުގެ ތިން އަތޮޅު ގުޅުވާލަން. އެގޮތަށް ހއ. ހދ. އަދި ށ. ގުޅާލުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް އެއީ މިއަހަރު ފަހުކޮޅު އުތުރުގެ ތިން އަތޮޅުވެސް މިގޮތަށް ގުޅާލުން،". އިޔާސް ވިދާޅުވި އެވެ.
ދެކުނުގެ ހަތަރު އަތޮޅު ވައިގެމަގުން ގުޅާލީ އެ ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށެވެ.
މި ހިދުމަތުގެ ސަބަބުން ގއ، ގދ، ފުވައްމުލައް އަދި އައްޑޫއާ ދެމެދުގައި އޮތް ދަތުރުފަތުރުގެ ގުޅުން އިތުރަށް ރަނގަޅުވެފައިވެއެވެ. އަދި އައްޑޫ ގަން، ދެކުނުގެ ދަތުރުފަތުރުގެ މައި މަރުކަޒެއްގެ ގޮތުގައި ތަރައްގީވެ، އެހެން ސަރަހައްދުތަކާ ގުޅުވައިދިނެވެ. އައްޑޫ ގަން، ދެކުނުގެ ދަތުރުފަތުރުގެ މައި މަރުކަޒެއްގެ ގޮތުގައި ތަރައްގީވެ، އެހެން ސަރަހައްދުތަކާ ގުޅުވައިދިނެވެ.
މީގެ އިތުރުން ބަލި މީހުން އުފުލުމާއި ސިއްހީ ބޭނުންތަކަށް ކުރާ ދަތުރުތަކުގައި ކަނޑުދަތުރުފަތުރަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަވެ، މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންގޮސްްފައިވެއެވެ. އަދި ގަމަށް ދާ ޓޫރިސްޓުންނަށް ދެކުނުގެ އެހެން ރަށްތަކަށާއި ރިސޯޓުތަކަށް ދަތުރުކުރުން ފަސޭހަވެ، ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމަށް ކުރިއެރުންތައް ލިބުނެވެ.