ENGLISH

02 ޖޫން 2026

Advertisement

"ދިރިތި" ޕޯޓަލްގެ ހިދުމަތްތައް "ވަންގަވް" ޕޯޓަލްގެ ދަށަށް ބަދަލުކުރަނީ

02 ޖޫން 2026

|

އާމިނަތު ނުޒްލާ

މީހަކު ދަނޑުވެރިކަމުގެ މަސައްކަތްކުރަނީ. ފޮޓޯ: ޕްރައިމް މޯލްޑިވްސް

"ދިރިތި" ޕޯޓަލްއިން ދެމުން އައި ހިދުމަތްތައް "ވަން ގަވް" މެދުވެރިކޮށް ދޭ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ނިންމައިފިއެވެ.

އެމްއެފްޑީއޭ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މީގެ ކުރިން އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތް ކުރާ މީހުން ދަފްތަރުކުރުމުގެ ހިދުމަތް، ޖޫން 7 އިން ފެށިގެން "ވަންގަވް" ޕޯޓަލްއަށް ބަދަލުކުރެވޭނެ ކަމަށެވެ.  

މި ބަދަލާ ގުޅިގެން، ޖޫން 3، 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އިން ފެށިގެން "ދިރިތި" ޕޯޓަލް މެދުވެރިކޮށް ދެމުން އައި ޚިދުމަތް މެދުކަނޑާލާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެފްޑީއޭ އިތުރަށް ބުނި ގޮތުގައި، ޚިދުމަތް މެދުކަނޑާލާފައިވާ މުއްދަތުގެ ތެރޭގައި "ދިރިތި" ޕޯޓަލްގައި މިހާރު ދަފްތަރުވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ވަންގަވް ޕޯޓަލްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާނެއެވެ.

އަދި މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އާ ފަރާތްތަކަށް ދަފްތަރުވުމަށް އެދި ހުށަހެޅޭނީ ވަންގަވް ޕޯޓަލް މެދުވެރިކޮށް ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ. މި ބަދަލަކީ ސަރުކާރުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވޭ ބަދަލެކެވެ.

މި ކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރ 7603204 އަދި 3034221 އަށް ގުޅުމަށް އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު