ENGLISH

02 ޖޫން 2026

Advertisement

މި ދައުރުގެ ތެރޭގައި ޖަލުތަކަށް 370 ޖާގަ އިތުރުކޮށްފިން: ސީޕީ ޒަރީރު

02 ޖޫން 2026

|

އައިމިނަތު ޝަފާ

މާފުށި ޖަލު. ފޮޓޯ؛ މިހާރު.

ޖަލުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން 370 އެއްހާ އެނދު ގާއިމުކުރެވިފައިވާކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޖަލުތަކަށް ޖާގައިގެ ދަތިކަން ބޮޑުކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އަމާޒަކީ މިދައުރުގެ ތެރޭގައި ޖާގައަށް 500 އެނދު އިތުރުކުރުންކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް މިހާރު 370 އެއްހާ ބެޑް ކެޕޭސިޓީ އިތުރުކޮށްފައި، އެއާއެކު އަޅުގަނޑުމެން މިހާރު ހުޅުމާލޭ ޖަލުގައިވެސް ހޯލްޑިން ޖަލުގެ ސެލްތަކާއި، މާލޭ ޖަލުގެ ބަދަލުގައި ސަރުކާރުން ދެއްވާފައިވާ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި 140 މީހުންގެ ޖާގައިގެ ޔުނިޓެއް ހެދުމުގެ މަސައްކަތް އެބަކުރަން،". ސީޕީ ވިދާޅުވިއެވެ. 

މާލޭ ޖަލާ އިންވެގެން ސްކޫލްތަކެއް ހުރުމުގެ ސަބަބުން ޖަނަވަރީ 6، 2024 ގައި އެ ޖަލު ބަންދުކުރުމާ ގުޅިގެން ގައިދީން ބައިތިއްބާނެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވިއެވެ.

ހުޅުމާލެ ޖަލަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމުގެ ގޮތުން ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރި އިމާރާތުގައި ގައިދީން ބައިތިއްބާނެ އައު ޔުނިޓެއް ވަނީ ހުޅުވާފައެވެ. 

ޖަލުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެކަމަށް ސަރުކާރުން ގަބޫލުކުރަނީ "ވަން ޕްރިޒަން ކޮންސެޕްޓް"ގެ ދަށުން ހުރިހާ ހިދުމަތް ލިބޭނެ ގޮތައް ސެންޓްރަލް ޖަލެއް ތަރައްގީކުރެވިގެންނެވެ. އަދި މިހާރު ލޯކަލް ޓޫރިޒަމް ފައްކާވަމުން އަންނަ ދެ ރަށެއްގައި ޖަލު ހުރުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އުތުރު ތިލަފަޅުގައި ޖަލެއް ތަރައްޤީކުރުމަކީ ސަރުކާރުގެ ތަސައްވުރެވެ.

ކިޔުންތެރިންގެ ހިޔާލު