ENGLISH

02 ޖޫން 2026

Advertisement

އައު ފިޔާ ޝިޕްމަންޓެއް މި ހަފްތާގައި ގެންނަނީ

02 ޖޫން 2026

|

އައިމިނަތު ޝަފާ

ފިޔަލުގެ އައު ޝިޕްމަންޓެއް މިހަފްތާގެ ތެރޭގައި ގެންނާނެކަމަށް އެސްޓީއޯއިން ބުނެފިއެވެ. 

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ބާޒާރުގައި ފިޔާ ލިބުމުގެ ދަތިކަމެއް އުޅޭކަމަށް ބުނަމުންނެވެ. 

"އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެސްޓީއޯގައި ފިޔާގެ ސްޓޮކް އެބަހުރި ކަމަށާއި ފިޔާ ވިއްކަމުންދާ އަގަށް ވެސް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ފިޔަލުގެ އިތުރު ޝިޕްމެންޓެއް މިހަފްތާގެ ތެރޭގައި ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

އެސްޓީއޯއިން މިހާރު ފިޔާ ކިލޯއެއް ވިއްކަމުން ދަނީ ކިލޯއެއް 13 ރުފިޔާއަށެވެ. 

އެހެންކަމުން ފިޔާލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން އެސްޓީއޯއިން ދެއެވެ. 

މެދު އިރުމަތީގައި ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކާއެކުވެސް އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު