ENGLISH

02 ޖޫން 2026

Advertisement

ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ހުކުރު ދުވަހުން ފެށިގެން

02 ޖޫން 2026

|

އައިމިނަތު ޝަފާ

ހައްޖުވެރިން ފުރުން.

ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ހުކުރު ދުވަހުން ފެށިގެންކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖުވެރިން މައްކާއަށް ގޮސްފައިވަނީ ގައުމީ އެއާލައިން-- މޯލްޑިވިއަން އަދި ސައުދީ އެއާލައިނުންނެވެ.

ހައްޖުވެރިން އައުމުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެން އަންނަ ހުކުރު، އާދިއްތަ، ހޯމަ އަދި އަންގާރަ މި ހަތަރު ދުވަހުއެވެ. 

ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތައް: 

* 05 ޖޫން 2026 (ހުކުރު)

ސައުދީ އެއާލައިން- މަދީނާ ގަޑިން ފްލައިޓް ފުރާ ގަޑި 03:15     މާލެއަށް ޖައްސާ ގަޑި 14:00

* 07 ޖޫން 2026 (އާދިއްތަ)

މޯލްޑިވިއަން- މަދީނާ ގަޑިން ފްލައިޓް ފުރާ ގަޑި 09:40         މާލެއަށް ޖައްސާ ގަޑި 17:40

* 08 ޖޫން 2026 (ހޯމަ)

ސައުދީ އެއާލައިން- މަދީނާ ގަޑިން ފްލައިޓް ފުރާ ގަޑި 03:15     މާލެއަށް ޖައްސާ ގަޑި 14:00

* 09 ޖޫން 2026 (އަންގާރަ)

މޯލްޑިވިއަން- މަދީނާ ގަޑިން ފްލައިޓް ފުރާ ގަޑި 16:00         މާލެއަށް ޖައްސާ ގަޑި 00:01

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ޙައްޖުވެރިން މާލެއިން މައްކާއަށް ފުރާފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނައިދިނުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމީ 1446 ވަނަ އަހަރުގެ ހައްޖު މޫސުމުގައެވެ. މި އިނިޝިއޭޓިވްގައި އާއްމުކޮށް ހިމަނަނީ ގިނަ އަަދަދެއްގެ މީހުން ހައްޖަށް ފޮނުވާ ގައުމުތަކެވެ. 

ކިޔުންތެރިންގެ ހިޔާލު